ކޯޓުން ބަންދުކުރަން އަމުރުކޮށްފައިވަނީ ހިތަދޫ، ލާމިޔާގެއާގެއެވެ.
އެގެއަކީ ވައްކަމާއި ފޭރުމާއި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކުށްތަކަށް އަރައިގަތުމަށް ބަޔަކު ބޭނުންކުރާ ގެއެއްކަމަށް ފުލުހުން ބުނެއެވެ.
ހިތަދޫ މެޖިސްޓްޓްރޭޓް ކޯޓުން ނެރުނު އަމުރުގައިވަނީ އެގެއަށް އެއްވެސް ބަޔަކު ވަނުން މަނާކޮށްފައެވެ. އެގޮތުން މިމަހުގެ އަށް ވަނަ ދުވަހުން ފެށިގެން އަންނަ ސެޕްޓެމްބަރު 6 ވަނަ ދުވަހުގެ ނިޔަލަށް އެގެެއަށް އެއްވެސް ބަޔަކު ވަނުމަކީ މަނާކަމެއްގެ ގޮތުގައި ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ފުލުހުން ބުނީ ބަންދުކުރި ގެއަށް އެ އަމުރުގައިވާ މުއްދަތުގެ ތެރޭގައި ހުއްދަ ނެތި ވަންނަ ފަރާތްތަކަށް ގާނޫ ގޮތުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމަށެވެ. އަދި އެތަނަށް އެއްވެސް ގެއްލުމެއް ދިންނަމަވެސް އެ ފަރާތަކާއި މެދުވެސް ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;