ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން މަދުކުރަން ނިންމާ، އަމިއްްލަައަށް ވަކިވާން އެދޭ މުވައްޒަފުންނަށް ހަތަރުމަހުގެ މުސާރަ އެއްކޮށް ދޭން އެކުންފުނިން ނިންމާ މުވައްްޒަފުންނަށް އެ ފުރުސަތު ހުޅުވާލީ މިމަހުގެ ތިންވަނަ ދުވަހުއެވެ.
އެކަމަށް އެދުމުގެ ފުރުސަތު މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް ހަމަވާއިރު މިހާތަނަށް ގިނަ އަދަދެއްގެ މުވައްޒަފުން އެކަމަށް އެދިފައިވާކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު މިއަދު ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އަމިއްލައަށް ވަކިވާން އެދި ހުޅުވާލި ފުރުސަތަށް ހީކުރިވަރަށް ވުރެވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށެވެ. އަދި ދިން މުއްދަތު ހަމަވުމުން އަމިއްލައަސް ވަކިވާން އެދުނު މުވައްޒަފުންގެ އަދަދު ހާމަކުރާނެކަމަށްވެސް ފެނަކަ އެމްޑީ އަފީފު ވިދާޅުވިއެވެ.
ހަތަރު މަސްދުވަހުގެ މުސާރައާ އެކު އަމިއްލައަށް ވަކިވުމުގެ ފުރުސަތުގެ އިތުރުން، އާލީ ރިޓަޔާމެންޓް ޕްރޮގްރާމްގެ ދަށުން ރިޓަޔާވުމުގެ ފުރުސަތުވެސް މިހާރު ހުޅުވާލަފައިވާކަމަށްވެސް ފެނަކައިން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;