މިދިޔަ ލޯކަލް ކައުންސިލް އިންތިހާބަށްފަހު ސަރުކާރުން ކުއްލިއަކަށް އިސްތިއުފާދެއްވި 10 ވަޒީރުންގެ ތެރޭގައި އާދަމް ނަސީރު އިބްރާހިމްވެސް ހިމެނިވަޑައިގެންނެވި އެވެ.
އޭނާއަށް ރައީސް އޮފީހުގެ މުޝީރުކަމަށް އައްޔަންކޮށްފައިވަނީ އިއްޔެއެވެ. އޭނާ އައްޔަންކުރީ ދިވެހިބަހާއި ސަގާފަތް އަދި ހެރިޓޭޖު ދާއިރާގެ މުޝީރެއްގެ ގޮތުގައި އެވެ. އެހެންނަމަވެސް އޭނާ އެ މަގާމަށް އައްޔަންކުރެއްވީ ކޮން ފެންވަރެއްގައިކަމެއް އަދި ނޭނގެ އެވެ.
މިދިޔަ އޭޕްރިލްމަހުގެ 14 ވަނަ ދުވަހު އިސްތިއުފާދެއްވި 10 ވަޒީރުންގެ ތެރެއިން މިހާތަނަށް 4 ވަޒީރަކަށް ސަރުކާރުގެ އެކި މަގާމުތަކަށް ވަނީ އައްޔަންކުރައްވާފަ އެވެ.
އެގޮތުން ހެލްތު މިނިސްޓަރުކަމުން އިސްްތިއުފާދެއްވި އަބްދުﷲ ނާޒިމް އިބްރާހިމް ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް ވަނީ އައްޔަންކޮށްފަ އެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ މިނިސްޓަރުން ފެންވަރުގައެވެ.
އޭގެއިތުރުންް މި ސަރުކާރުގެ ފުރަތަމަ ކެބިނެޓްގައި ހިމެނުނު ލޯކަލް ގަވަމެންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އާދަމް ޝަރީފު އުމަރާއި ޓުއަރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ތާރިގް އިބްރާހިމްވެސް ވަނީ ސަރުކާރުގެ މަގާމަކަށް އައްޔަންކުރައްވާފަ އެވެ.
އާދަމް ޝަރީފު އައްޔަންކުރަން ނިންމާފައިވަނީ ގަތަރުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށެވެ. ތާރިގް އައްޔަން ކުރަން ނިންމާފައިވަނީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;