ބޯޑަށް މެމްބަރުން އައްޔަންކުރަން ޖެހޭ ކޮންމެ ފަހަރަކު އެކުލަވައިލާ އެ ކޮމިޓީގައި ތިބޭނީ:
ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން
ސެކިއުރިޓީސް މާކެޓު ރެގިއުލޭޓަރުގެ އިސް މުވައްޒަފެއް
ފިނޭންސް މިނިސްޓްރީގެ ސިވިލް ސާވިސްގައި ހިމެނޭ އިސް މުވައްޒަފެއް
ސޯޝަލް ސެކިއުރިޓީއާ ބެހޭ ކަންކަން ބަލަހައްޓަން ހަވާލުކޮށްފައިވާ މިނިސްޓްރީގެ ސިވިލް ސާވިސްގައި ހިމެނޭ އިސް މުވައްޒަފެއް
ވަޒީފާއާ ބެހޭ ކަންކަން ބަލަހައްޓަން ހަވާލުކޮށްފައިވާ މިނިސްޓްރީގެ ސިވިލް ސާވިސްގައި ހިމެނޭ އިސް މުވައްޒަފެއް
އެ ކޮމިޓީގައި ތިއްބަވާ މުވައްޒަފުންނަކީ ޑިރެކްޓަރު ނުވަތަ އެއަށްވުރެ މަތީ މަގާމެއް އަދާކުރައްވާ މުވައްޒަފުންނަށް ވާން ވާނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ނޮމިނޭޝަން ކޮމިޓީގެ މަސްއޫލިއްޔަތު ތަކުގެ ތެރޭ ހިމެނެނީ ބޯޑު މެންބަރުކަމަށް ކުރިމަތިލައިފައިވާ އަދި ނަން ހުށަހަޅާފައިވާ ފަރާތްތަކުގެ ޝަރުތުތައް ފުރިހަމަވޭތޯއާއި ފެންވަރު ވަޒަންކުރުމާއި، އެ ފަރާތްތަކުގެ ފެންވަރު ވަޒަންކުރާނެ ގޮތް ކަނޑައެޅުމާއި، އެ ފަރާތްތަކާ އިންޓަވިއުކޮށް، ބޯޑަށް އައްޔަންކުރަން ފެންނަ ފަރާތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމެވެ.
ނޮމިނޭޝަން ކޮމިޓީގެ ޒިންމާތައް އަދާކުރަން ޖެހޭ ހާލަތްތަކުގައި، ނޮމިނޭޝަން ކޮމިޓީގެ ބައްދަލުވުންތައް ޕެންޝަން އޮފީހުން އިންތިޒާމުކޮށް ބާއްވަން ވާނެ ކަމަށް، އުސޫލުގައި ފާހަގަކޮށްފައިވެއެވެ.
އިއްޔެ އަމަލުކުރަން ފެށި އުސޫލުގައިވާ ގޮތުން، ނޮމިނޭޝަން ކޮމިޓީގެ މެންބަރުންގެ އުޖޫރައަކީ ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް 1،500 ރުފިޔާ އެވެ.
ފާހަގަކުރެވޭ ގޮތުގައި، ޕެންޝަން ބޯޑުގައި ގިނަ އިސް ބޭފުޅުން އިސްތިއުފާދެއްވީ ރައްޔިތުންގެ ރިޓަޔާމަންޓަށް ފައިސާ ރައްކާތެރިކޮށް, އިންވެސްޓް ކުރާ, ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ނަގަން މަސައްކަތް ކުރާ, 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;