ads
މިފްކޯއަށް މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް ކިލޯއެއްގެ މަގުން.
މިފްކޯއިން މިއަދު މަސް ގަންނަނީ ކިލޯއެއް 20 ރުފިޔާއަށް
މިފްކޯއިން މަސްވެރިންގެ އަތުން މިއަދު މަސް ގަންނަނީ ކިލޯއެއް 20 ރުފިޔާއަށްކަމަށް އެ ކުންފުނިން ބުނެފިއެވެ.
Advertisement

މިފްކޯއިން ބުނީ މި ބަދަލަކީ މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވަމުންދާތީ، މަސްވެރި އާއިލާތަކަށް މާލީ ގޮތުން ދަތިނުވެ، ހިފެހެއްޓުމެއް ފޯރުކޮށްދިނުމުގެ ގޮތުން ގެނައި ބަދަލެއްކަމަށެވެ.

މިފްކޯއިން މިއަދު ބުނީ އެ ކުންފުނީގެ ހުރިހާ ބަނަދަރަކު މިއަދު ކަޅުބިލަ މަސްކިލޯއެއް ގަންނަނީ 20 ރުފިޔާއަށްކަމަށެވެ. މިފްކޯއިން ކަޅުބިލަ މަސް ގަންނަ އަގު ބޮޑުކުރި ނަމަވެސް ކަންނެލި ގަންނަ އަގަށް ބަދަލު ގެނެސްފައެއް ނުވެ އެވެ. އެގޮތުން 10-15 ކިލޯގެ ކަންނެލި ކިލޯއެއް 20 ރުފިޔާއަށް އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާ އަށެވެ.

މިފްކޯއިން މިދިޔަ އަހަރުގެ ފަހުކޮޅު ވެސް 18.50ރ. އަށް މަސް ގަތެވެ. ނަމަވެސް މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެޔޮ އަގުބޮޑުވުމާ އެކު، އެ ކުންފުނީގެ އޮޕަރޭޝަންތަކަށް އޭގެ ނޭދެވޭ އަސަރުކުރުމުން، މަސް ގަންނަ އަގު ދަށްކުރި އެވެ.

ކަޅުބިލަ މަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;