"އުރީދޫ އެވީ" މި ފީޗާގެ ސަބަބުން ކޮންމެ މަހަކު ދައްކަންޖެހޭ ފައިސާ ނުވަތަ ކުރަންޖެހޭ ރީޗާޖްތައް ހަނދާނުގައި ބަހައްޓަން ކުރަންޖެހޭ މަސައްކަތުން ސަލާމަތްވެ، މެދުކެނޑުމެއްނެތި ހިދުމަތްތައް ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
މީގެ އިތުރުން، އޮޓޯޕޭގެ އެކި އޮޕްޝަންތަކުގެ ތެރެއިން ބޭނުންވާ ގޮތެއް އިހްތިޔާރުކޮށް، އޮޓޮމެޓިކުން ކުރާ މުއާމަލާތްތައް އުރީދޫ އެޕް މެދުވެރިކޮށް ސީދާ މެނޭޖްކުރުމުގެ ގާބިލުކަން ލިބޭނެ އެވެ.
މިއީ ޓެކްނޮލޮޖީގެ އެހީގައި ދިރިއުޅުމުގެ ކަންކަން ފަސޭހަކޮށްދީ، ކަސްޓަމަރުންނަށް ފަސޭހަކަމާއި އިތުރު ބާރުވެރިކަން ހޯދައިދޭނެ ކަމެއް ކަމަށްވެސް އުރީދޫ އިން ބުންޏެވެ.
އުރީދޫ އިން ބުނީ ކުރިއަށް އޮތް ތަނުގައި "އެވީ" ގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކާއި އާ ފީޗާތައް ތައާރަފުކުރަމުންދާނެ ކަމަށެވެ. އުރީދޫ ވެބްސައިޓް މެދުވެރިކޮށް "އެވީ" އާ މިހާރު ޗެޓްކޮށްލެވޭނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;