ads
ޝައްމާން - ފޮޓޯ އިމިގްރޭޝަން
ޝައްމާނަށް ހުކުމް ކުރުން މިއަދު ހަވީރު
ކުރީގެ އިމިގްރޭޝަންސް ކޮންޓްރޯލާ ޖެނެރަލްގެ މުހައްމަދު ޝައްމާން ވަހީދުގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގެ ހުކުމް، މިއަދު ހަވީރު ކުރުމަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.
Advertisement

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއެއްގެ މައްސަލާގައި އިމިގްރޭޝަންގެ މުވައްޒަފުންތަކާ ބައިވެރިވެގެން އެ ބިދޭސީ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ އަތުލުމަށް ފަހު އެ މީހާ އިމިގްރޭޝަންގެ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތުކުރާ މައްސަލާގައި ޝަމްއާންގެ މައްޗަށް، ތިން ދައުވާތަކެއް ވަނީ އުފުލައިފަ އެވެ. 

ދައުލަތުން ޝައްމާނަށް ކުރަނީ ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. އެކަމަކު، އޭނާ ވަނީ އެ ހުރިހާ ދައުވާއަކަށް ވެސް އިންކާރުކޮށްފައެވެ.

ޝައްމާން ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ހުކުމް ކުރުން ތާވަލުކޮށްފައި އޮތީ މިއަދު ހަވީރު 4 ޖަހާއިރަށެވެ. މިއަދަށް، ހުކުމް ކުރުން މި ތާވަލު ކުރީ، މީގެ ކުރިން ޝައްމާންގެ ފަރާތުން އެދުމާ ގުޅިގެން އޭނާއަށް ހުކުމްކުރަން ފަސްކޮށްފައި އޮތުމަށް ފަހެވެ.  

ވާނުވާ ބަންދު ޖަހައިގެން ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ގެންގުޅުނު ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ ޝަރީއަތަކީ "މީޑިއާ ސާކަސްއަކަށް" ހަދަން ފުރުސަތު ނުދެއްވާނެ ކަމަށް އެ މައްސަލަ ބައްލަވާ، ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އިހްސާން ކުރިންވަނީ ވިދާޅުވެފައެވެ. 

ޝައްމާނަށް ކުރާ ދައުވާތަކާ ގުޅިގެން އޭނާގެ ދިފާއުގައި މަންމައާއި ބައްޕަ އަދި އަންހެނުން ވެސް ހެކިބަސް ދީފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;