ފިލްމީ މަސައްކަތާއި ދުރުގައި ހުރި ނިއުމާ ޕާޓީއަށް ސޮއިކުރުމުން އަހަރުތަކަކަށްފަހު އަނެއްކާވެސް އޭނާ ކެމެރާ ކުރިމަތިން ފެނިގެންދާނެއެވެ.
ޕާޓީއަކީ މަޝްހޫރު ޑައިރެކްޓާ އިލްޔާސް ވަހީދު (އިއްލެ)ގެ އައިފިލްމްސްގެ ދެން އޮތް ފިލްމެވެ. ޕާޓީގެ ނަމުގައި ފިލްމެއް ހަދާކަން އިއްލެ އިއުލާންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ފިލްމުގެ ޑައިރެކްޓަރަކީވެސް އިއްލެއެވެ.
މި ފިލްމުގެ ކާސްޓުންނަކީ ކޮބައިކަމެއް އަދި އިއްލެ ހާމައެއް ނުކުރެއެވެ. އެހެންމަވެސް ނިއުމާ މި ފިލްމަށް ސޮއިކުރިކަން ވަނީ އެނގިފައެވެ.
ނިއުމާ އަލުން ކެމެރާގެ ކުރިމައްޗަށް މި ނިކުންނަނީ 2019 ވަނަ އަހަރު ނެރުނު 'ނިވައިރޯޅި' އަށް ފަހުއެވެ. އޭނާގެ ވަދާއީ ފިލމުގެ ގޮތުގައި ގެނެސްދިން އެ ފިލްމަކީ ނިއުމާ ޕްރޮޑިއުސްކޮށް މޫމިން ފުއާދު ޑައިރެކްޓްކުރި ފިލްމެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;