ނެޝަނަލް ޑްރަގް އޭޖެންސީގެ ސީއީއޯގެ މަސްއޫލިއްޔަތަކީ ސަރުކާރުގެ އެކްޝަން ޕްލޭނާއ،ި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓ،ީ ލޭބާ އެންޑް ޓެކްނޯލޮޖީގެ އިރުޝާދުގެ ދަށުން ކަނޑައެޅިފައިވާ މަސްތުވާތަކެތިން ރައްކާތެރިވުމާއި ފަރުވާދިނުމުގެ ސިޔާސަތުތައް ތަންފީޒުކުރުމާއ،ި މި ސިޔާސަތުގެ ދަށުން ރާއްޖޭގައި ދެވޭ ކްލިނިކަލް، ނަފްސާނީ އަދި އިޖުތިމާއީ ފަރުވާގެ ހިދުމަތްތައް އިސްވެ ރާވައި ހިންގުމާއ،ި ހިއުމަން ރައިޓްސް ކޮމިޝަނާއި ކަމާގުޅޭ އެހެނިހެން އިދާރާތަކުން ކަނޑައަޅާ މިންގަނޑުތަކަށް ހިދުމަތުގެ ފެންވަރު ހުރިތޯ ކަށަވަރުކުރުމެވެ.
މި މަގާމަށް މީހަކު ހޮވަނީ ކޮންޓްރެކްޓް އުސޫލުން ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ. އެމީހާގެ މުސާރައަކީ 23,935 ރުފިޔާއެވެ. މީގެއިތުރުން އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު 28,095 ރުފިޔާ ލިބޭނެކަމަށް ޑްރަގު އެޖެންސީ ބުނެއެވެ.
އެ މަޤާމަށް އެދޭ ފަރާތްތަކުން އަންނަމަހުގެ 08 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ކަމާއި ގުޅޭ ލިޔެކިޔުންތައް ހުށައަޅަން ޖެހޭނެކަމަށް ޑްރަގު އެޖެންސީން ބުނެއެވެ. މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތެއް ޝޯޓްލިސްޓުކުރެވޭނެކަމަށް ޑްރަގު އެޖެންސީން ބުނެއެވެ. އަދި މަގާމަށް މީހަކު ހޮވާނީ އޭގެ ފަހުން އިންޓަވިއުކޮށް ކޮންމެ ފަރާތަކުން ހުށައަޅަންޖެހޭ ޕްރެޒެންޓޭޝަންތައް ހުށައެޅުމުން އެކަމަށް ބަލާފައިކަމަށްވެސް ޑްރަގު އެޖެންސީ ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;