ads
އައްޑޫ އެކްސިޑެންޓްގައި ފަރުވާދެމުން ދަނިކޮށް ނިޔާވި އަބްދުﷲ ރަމީޒު
މަސައްކަތް ނިންމާ ގެއަށް ދަނިކޮށް އެކްސިޑެންޓްވި މީހާ ނިޔާވެއްޖެ
މިދިޔަ އާދިއްތަ ދުވަހުގެ ރޭ އައްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެ ޒަހަމްވި މީހާ ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
Advertisement

އެ ހާދިސާގައި ނިޔާވީ ހިތަދު އަށް އުފަން ރަމީޒް އަބްދުﷲއެވެ.   

ރަމީޒު އެކްސިޑެންޓްވީ އޭނާ މަސައްކަތް ނިންމާފައި އެރޭ 9:30 ހާއިރު އެނބުރި ގެއަށް ދަނިކޮށް، އައްޑޫ ހިތަދޫގެ މައި މަގަކުން ނުބައި ފަޅިން ބާރު ސްޕީޑެއްގައި ދުއްވާފައި ދިިޔަ ސައިކަލެއް އައިސް ޖެހިގެންނެވެ. 

ރަމީޒު ނިޔާވީ އެ އެކްސިޑެންޓްގައި ލިބުނު ޒަހަމްތަކަށް އައްޑޫ ސިޓީގައި ފަރުވާދިނުމަށްފަހު މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ. 

މި އެކްސިޑެންޓްގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު އެ ވީޑިއޯއިން ފެންނަނީ ރަމީޒު ވަރަށް މަޑުމަޑުން ސައިކަލު ދުއްވާފައި އަންނަނިކޮށް، އެ މަގުގެ އަނެއް ކޮޅުން ބާރު ސްޕީޑެއްގައި އަންނަ ސައިކަލް އައިސް ކޮންޓްރޯލްނުވެ ރަމީޒްގެ ސައިކަލުގައި ޖެހޭ ތަނެވެ. އެއާއި އެކު ރަމީޒު ވިއްސައިގެން ގޮސް ވެއްޓޭތަން އެ ވީޑިއޯއިން ފެނެއެވެ. 

މި ހާދިސާގައި ރަމީޒުގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް، ސިކުނޑިއަށް ގެއްލުން ލިބިފައިވާކަން ވަނީ އެނގިފައެވެ. 

your imageއައްޑޫގައި ހިނގި އެކްސިޑެންޓްގެ ވީޑިއޯއިން މަންޒަރެއް

މި އެކްސިޑެންޓްގައި ބާރު ސްޕީޑުގައި ނުބައި ފަޅިން ސައިކަލު ދުއްވި މީހާއަށްވެސް ސީރިއަސް އަނިޔާތަކެއް ލިބި އޭނާއަށްވެސް އަންނަނީ ފަރުވާދެމުންނެވެ. އޭނާއަށްވެސް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސް މިހާރު ފަރުވާދެމުން އަންނަނީ މާލޭގައެވެ. 

އެނގިފައިވާ ގޮތުން މި އެކްސިޑެންޓްގައި އެ މީހާގެ މޭ ކަށިތައް ވަނީ ބިންދައިގެން ގޮސްފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;