ads
ޖަންނަތުގެ ޓީޒަރު ޕޯސްޓަރު
"ޖަންނަތު" ޓީޒަރު ދެކުނިންތަ؟
ޑާކް ރެއިން އެންޓާޓައިންމަންޓުން މިހާރު އަޅުވަން ތައްޔާރުވަމުން އަންނަ ފިލްމު "ޖަންނަތު"ގެ ކުޑަ މަންޒަރެއް ދައްކާލައިފި އެވެ.
Advertisement

މި މަންޒަރު ކޮޅުން ފެނިގެންދަނީ ނުކުޅެދުންތެރިކަން ހުންނަ ބައްޕައަކާއި އޭނާގެ ދަރިފުޅާއި އޮންނަ ގާތް ގުޅުމެވެ. 

މި ވީޑިއޯ ކޮޅާއި އެކު ލާފައިވާ ލިޔުން ކޮޅުގައި ޑާކް ރެއިން ބުނެފައިވަނީ މި ޓީޒަރުން ފެނިގެން ދަނީ ޖިބްރީން އަދި ޖަންނަތު ކުލަ ގަދަ ދުނިޔެއިން ކުޑަ ތަންކޮޅެއް ކަމަށެވެ. 

މި ޓީޒަރު ބަލާލުމުން ފާހަގަ ވެގެން ދަނީ ސަރަފްގެ މޮޅު އެކްޓިންނެވެ. 

މި ފިލްމަކީ އައިސަތު ފުއާދު ތައުފީގު އަދި އަހުމަދު ތޮލާލު ލިޔެ އަލީ ޝިފާއު ޑިރެކްޓުކޮށްފައިވާ ވަރަށް ތަފާތު ފިލްމަކަށް ވެގެން ދާނެ ކަމަށް ޑާކް ރެއިން އިން ބުނެ އެވެ. 

މި ފިލްމު ސިނަމެޓޯގްރަފީ ހަދާފައިވަނީ އަހުމަދު ޒިފާފު އެވެ.

ފިލްމުގައި ސަރަފް، ސުހާ، ކޮޕީ އިއްސެ، އާއިދާ، އަފްރާހް އަދި އަންޖީ ފަދަ ތަފާތު ފަންނާނުން ފެނިގެންދާނެ ކަމަށް ޑާކް ރެއިން ވަނީ ފާހަގަ ކޮށްފައި އެވެ. 

ޑާކް ރެއިން އެންޓާޓައިންމަންޓް ފާހަގަ ކުރެވެނީ ތަފާތު މޮޅު ފިލްމުތަކެއް ނެރޭ އަދި އާންމުން ގެ މަގްބޫލު ޕްރޮޑަކްޝަން އެއްގެ ގޮތުގައި އެވެ. 

މި ފިލްމު އާންމުންނާއި ހަމަޔަށް އަންނާނީ މި އަހަރުގެ އޮގަސްޓު މަހުގެ 3 ވަނަ ދުވަހު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;