ads
ޖިންސީ ގޯނާއާއި ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން
ދޮންދަރިއާ ބެހުނު މައްސަލަ އަލުން ބަލަން އަންގައިފި
އަންހެން ދޮންދަރިއަށް ޖިންސީ ގޯނާކުރި މީހެއްގެ މައްސަލަ އަލުން ބަލަށް ހައިކޯޓުން އަމުރުކޮށްފިއެވެ.
Advertisement

ދޮންދަރިއަށް އެކި ފަހަރު މަތިން ބެހުނު ކަމުގެ ތުހުމަތުގައި އެމީހާގެ މައްޗަށް ދައުލަތުން އުފުލާފައި އޮތީ ކުޑަކުއްޖާއާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.  އެ ދައުވާގެ ޝަރީއަތް ދަށު ކޯޓުގައި ހިންގުމަށް ފަހު ހުކުމް ކޮށްފައިވަނީ ދައުވާ ފޯމް ބާތިލްކުރުމަށެވެ. އެއީ އެމީހާގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ތަހުގީގު ކުރުމުގެ މުއްދަތު ފާއިތުވި ފަހުން ކަމަށް ބުނެ އެވެ.

ދައުލަތުން މި މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން، ހައި ކޯޓުން ވަނީ އެކަމުގައި މެޖިސްޓްރޭޓް އަމަލުކުރީ ގާނޫނާ ހިލާފަށް ނޫން ކަމަށް ކަނޑައަޅައިފަ އެވެ.  އަދި ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް، މައްސަލަ އަލުން ބެލުމަށް އަންގައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;