ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ ހުޅުމާލެ 2ގެ ހިތިގަސް މަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސް، ކަފިހިހުރަސްމަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެންކަމަށެވެ.
މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާދެމުން އަންނަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. މި މީހަކީ ރާއްޖެއިން ބޭރުގައި ކިޔަވަން އުޅޭ މީހެއް ކަމާއި އެކްސިޑެންޓު ހިނގީ ޗުއްޓީއަކަށް އައިސް ހުއްޓާކަން ވަނީ އެނގިފައެވެ.
އެ މީހާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނައިރު އޭނަގެ ސިކުނޑީގެ ނާށިގަނޑަށް ގެއްލުން ލިބިފައިވާކަން ވަނި އެނގިފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;