ads
ނޭޝަނަލް ސާވިސްއަށް ފުރާ ޒުވާނުން
ވަތަނީ ހިދުމަތުގެ 3ވަނަ ބުރުގެ ކުދިން ތަމްރީނަށް ފުރައިފި
ދިވެހި ވަތަނީ ހިދުމަތުން ކުރިއަށްގެންދާ ނޭޝަނަލް ސާވިސް ޓްރޭނިންގެ ތިން ވަނަ ބެޗުގެ ބައިވެރިން ތަމްރީނަށް ފުރައިފި އެވެ.
Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވަތަނީ ހިދުމަތުގެ ތަމްރީނަށް ހުޅުވާލި ދެވަނަ ފުރުސަތުގައި ކުރިމަތިލި 1،785 ޒުވާނުންގެ ތެރެއިން ފުރަތަމަ 352 ބައިވެރިން ވަނީ ވަތަނީ ހިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސާވިސް ޓްރެއިނިންގެ ތިން ވަނަ ބެޗުގެ ތަމްރީނަށް ފުރާފައިވާ ކަމަށެވެ. 

ނޭޝަނަލް ސާވިސް ޓްރޭނިންގގެ 3 ވަނަ ބެޗުގައި ރާއްޖޭގެ 20 އަތޮޅުން 115 ރަށަކަށް ނިޞްބަތްވާ 64 އަންހެން އަދި 288 ފިރިހެން ޒުވާނުން ބައިވެރިވާ ކަމަށާއި، ހުރިހާ ބައިވެރިންނަށްވެސް ސާބިތުކަމާއި ކާމިޔާބަށް އެދޭކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްގައި އޮންނަ ތަމްރީނުތަކުގައި ބައިވެރިވާން ގޮސްފައި ވަނީ 17 އަތޮޅެއްގެ 50 ރަށަކުން ތަމްރީނުގައި ބައިވެރިވާ 77 ކުއްޖެކެވެ. އެއީ އުމުރުން 16 އަހަރާއި 19 އަހަރާއި ދެމެދުގެ ޒުވާނުންނެވެ.

ރައީސް ވަނީ މި ތަމްރީނުގައި ބައިވެރިވާ ހުރިހާ ބައިވެރިންނަށް ކާމިޔާބަށް އެދިފަ އެވެ.




0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;