ads
ޗާގޯސް ޖަޒީރާ ފެންނަ ފޮޓޯ ފޮޓޯއެއް: ޗާގޯސް ގަންނަން އެމެރިކާއިން ވިސްވަނީ: ރިޕޯޓް
ޗާގޯސް ގަންނަން އެމެރިކާއިން ވިސްނަނީ: ރިޕޯޓް
ރާއްޖޭން މިލްކުވެރިކަމަށް ދައުވާކުރާ ޗާގޯސް ނުވަތަ ފޯޅަވަހީގެ ޖަޒީރާތައް މޮރިޝަސްގެ އަތުން ގަތުމުގެ ޕްލޭނެއް އެމެރިކާގެ ވައިޓް ހައުސްއިން އެކުލަވާލަމުންދާ ކަމަށް ރޮއިޓާޒްއިން ރިޕޯޓުކޮށްފި އެވެ.
Advertisement

ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި މޮރިޝަސް އިން ވަނީ 2018 ވަނަ އަހަރު އިނގިރޭސިވިލާތުގެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ހުށައަޅާފައެވެ. މައްސަލަ ހުށައެޅިތާ އަަހަރެއް ފަހުން 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެކޯޓުން ނެރުނު ކޯޓުންއިސްތިޝާރީ ލަފާގައި ބުނެފައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވަނީ މޮރިޝަސް އަށް ކަމަށެވެ.

އެ ނިންމުމާއިއެކު މޮރިޝަސް އިން އެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި އެވެ. އެއީ ޗާގޯސްއަށް ހިނގާނީ މޮރިޝަސްގެ ބާރު ކަމަށް ވާތީ ހިރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ހިސާބުގެ އިން ވަކިކޮށްދިނުމަށް އެދި އެވެ. އެ ޓްރައިބިއުނަލް ވަނީ މޮރިޝަސް އިން ހުށަހެޅި ގޮތަށް ކަނޑުގެ ސަރަހައްދު އިން ވަކިކޮށްދީފަ އެވެ.

އިނގިރޭސި ނޫހެއް ކަމަށްވާ ދަ ޓެލެގްރާފުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިނގިރޭސި ސަރުކާރުން އެކުލަވާލި އެއްބަސްވުމާމެދު ހިތްހަމަނުޖެހި ވައިޓް ހައުސްއިން ވަނީ ޕްލޭންތަކެއް އެކުލަވާލާފަ އެވެ. އެމެރިކާގެ އެންމެ މުހިންމު އެއް އަސްކަރީ މަރުކަޒު ހިންގަނީ ޗާގޯސްގެ ޑިއޭގޯ ގާސިއާގަ އެވެ. 

"ޑިއޭގޯ ގާސިއާ އެޓޯލް ހިމެނޭހެން، އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައިވާ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ އެހެން ފަރާތަކަށް ދޫކޮށްނުލުމަކީ ރައީސް ޓްރަމްޕްގެ ވިސްނުން. އެއީ އެމެރިކާގެ ގައުމީ ސަލާމަތަށް ނުހަނު ބޭނުންތެރި އަދި މުހިންމު އަސްކަރީ މަރުކަޒެއް،" އެމެރިކާގެ އޮފިޝަލަކު ރޮއިޓާސްއަށް ބުނެފައިވެ އެވެ.

އެމެރިކާއިން މިފަދަ ވިސްނުމެއް ގެންގުޅޭ އިރު މުޅި ދުނިޔޭގައި ސްޓްރެޓީޖިކް ގޮތުން މުހިއްމު މިލިޓަރީ ބޭސްތައް ދަމަހައްޓަން އެމެރިކާގެ އެތެރެއިން ސަރުކާރަށް ގޮވާލާ ގޮވާލުންތަކުގެ އަޑު، އީރާނާ ދެކޮޅަށް އެގައުމުން ފެށި ހަނގުރާމައާ އެކު ވަނީ ގަދަވެފަ އެވެ. 

އެމެރިކާއިން ފޯޅަވަހި ގަތުމަށް ވިސްނަމުން އަންނަަކަމުގެ އަޑުތަކެއް އިވެން ފަށައިފައިވާއިރު، މިއީ ރާއްޖޭން މިލްކުވެރިކަމަށް ވަކާލާތުކުރާ ތަނެކެވެ.  


ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ދަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމަށާއި، މި މައްސަލައިގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި މަސައްކަތް ކުރަމުންނެވެ.

ޗާގޯސްގެ މައްސަލައިގައި ހިޔާލުތަފާތުވުން ބޮޑުވެ މޮރިޝަސް އިން ރާއްޖެއާ އެކު އޮތް ހާރިޖީ ގުޅުން ވަގުތީ ގޮތުން ވަނީ މެދުކަނޑާލައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;