މިއަހަރުގެ މި ދުވަހުގެ ޝިއާރަކީ "ކޮންމެ މާހައުލެއްގައި ރައްކާތެރި ކާބޯތަކެތި- ބަލިމަޑުކަމަށް ހައްލެއް." މި ޝިއާރެވެ.
ދުވަހާއި ގުޅިގެން ނިލަންދޫގައި އެކި ހަރަކާތްތައް ވަނީ ބާއްވާފައެވެ. މިގޮތުން ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުމަށް ނިލަންދޫގައި ދޮރުން ދޮރަށްހަރަކާތެއް ވެސް ވަނީ ބާއްވާފަ އެވެ. މި ހަރަކާތުގައި ގޭގައި ރައްކާތެރި ކާމާއިއެކު ކާބޯތަކެތި ތައްޔާރުކޮށް ބޭނުންކުރާނެ އުސޫލުތަކާއި އާދަތައް އާންމުންނަށް ކިޔައިދިނުން ކުރިއަށް ގެންދިޔަ އެވެ.
އަދި ސުކޫލު ކުދިންނަށް ހާއްސަކޮށްގެން އެސެމްބުލީއެއް ވަނީ ބާއްވާފަ އެވެ. މި އެސެމްބްލީގައި ކާބޯތަކެތީގެ ރައްކާތެރި ކަމަށް ކުރަންޖެހޭ އެންމެންހާ މުހިއްމު ކަންތައްތަކަށް އަހުލުވެރިކުރުން ކުރިޔަށް ގެންގޮސްފައިވެ އެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރަން ނިލަންދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން އެ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަމަކީ ކޮންމެ ފަރުދެއްގެ ސިއްހަތާ ވެސް ގުޅިފައިވާ ކަމެއް ކަމަށެވެ. މި އަހަރުގެ ޝިއާރުން ވެސް ހާމަވާ ކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ.
ފަސްޓް ލޭޑީ ވިދާޅުވީ ދަނޑުން ސުފުރާ އަށް ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުން ސިއްހަތަކާއި އަހުލާގީ އަދި ތަހުޒީބީ ފައިދާ ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަނާގެ ވާހަކަފުޅުގައި ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކި ފަރާތްތަކަށް ކުރިމަތިވަނީ އެކިކަހަލަ ހުރަސްތައް ކަމަށެވެ. އެގޮތުން އެކަށީގެންވާ ވަސީލަތް ނެތުމާއި، އެކަމަށް ބޭނުންވާ ފަންނީ މައުލޫމާތު ލިބެން ނެތުމާއި، ގަވާއިދުތައް ތަންފީޒު ކުރުމަށް ހުރަސްތައް ހުރިކަންވެސް ފާހަގަކުރެއްވި އެވެ.
އެ ރަސްމިއްޔާތުގައި ވަނީ ކާބޯތަކެތީގެ ރައްކާތެރިކަމަށް މީހުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމާއި އެ ހިދުމަތް ވަންގަވް އަށް ބަދަލުކުރުން އިފްތިތާހުކޮށްފަ އެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރަނީ، ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 7 ގައެވެ. މި ދުވަސް ފާހަގަކުރަނީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ މުހިންމުކަން އާންމުންނަށް ކިޔައިދީ، ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;