ads
އިމާރާތްކުރުމުގެ ގާނޫނަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ފެށުން؛ މިޕްރޮގްރާމް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 11އަށް
އިމާރާތްކުރުމުގެ ގާނޫނަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި
މިޕްރޮގްރާމް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 11އަށް
އިމާރާތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް 6 އަތޮޅެއްގެ ރަށު ކައުންސިލުތައް އަހުލުވެރިކުރުވުމުގެ ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.
Advertisement

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ ކ. ވ. އދ. އއ. ޅ. އަދި ބ. އަތޮޅުގެ ރަށު ކައުންސިލްތަކަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ އިމާރާތްކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް ރަށު ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުން އަހުލުވެރިކުރުވުން ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

އިމާރާތް ކުރުމުގެ ގާނޫނުގެ އެންމެ މުހިންމު އެއް މަގުސަދަކީ، އިމާރާތްކުރުމުގެ މަސައްކަތްތައް އަމާންކަމާއި ރައްކާތެރިކަމާއެކު، ވަކި ފެންވަރެއްގައި ކުރިއަށްދާކަން ކަށަވަރު ކުރުމެވެ. ހަމައެއާއެކު، މި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ޒިންމާތަކާއި، ހައްގުތައް ސާފުކޮށް ކަނޑައަޅައި، އިމާރާތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ނޭޝަނަލް ބިލްޑިން ކޯޑު އެކުލަވައިލުމަކީވެސް މި ގާނޫނުން ލާޒިމުކުރާ މުހިންމު ކަމެކެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;