އޮޑިޓު ރިޕޯޓުގައިވާ ގޮތުން 2023 ގެ ކޮމިޝަނުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި އެ އަހަރުގެ މާލީ ހިސާބުތަކުގައި ކޮމިޝަނަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އަހަރުގެ ނިޔަލަށް 30.5 މިލިއަން ރުފިޔާ ނުލިބިވެއެވެ.
އެހެންނަމަވެސް ޖެހިގެން އައި އަހަރު 2024 ވަނަ އަހަރު މާލީ ރިޕޯޓް ހަދާފައި ނެތުމުން ނުލިބި ހުރި ފައިސާއިން ލިބުނީ ކިހާ ފައިސާއެއްކަން ނޭގޭކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. އެގޮތުން 2024 ވަނަ އަހަރުގެ މާލީ ރިޕޯޓް ހަދާފައި ނުވަނީ ކޮމިޝަންގެ ސާވާއަށް މައްސަލައެއް ދިމާވެ ސާވާގައި ހުރި ލިޔެކިޔުންތައް ނެގޭނެ ގޮތެއް ނުވެގެންކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. އެހެންކަމުން އެ އަހަރުގެ މާލީ ބަޔާންތައް ހިމަނައިގެން އަހަރީ ރިޕޯޓު ތައްޔާރުކޮށްފައިނުވާކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.
އޮޑިޓުގައި ބުނީ ފިނޭންސް މިނިސްޓްރީން ބަލަހައްޓަމުން އަންނަ ސެޕް ސިސްޓަމުގެ 2024 ވަނަ އަހަރުގެ ރިކޯޑު ކުރެވިފައިވާ ހިސާބުތަކަށް ބަލާއިރު 7.45 މިލިއަން ރުފިޔާ ކޮމިޝަނަށް އެ އަހަރު ލިބިފައިވާ ކަމަށް ދެއްކި ނަމަވެސް ލިބެންޖެހޭ ފައިސާގެ ރެކޯޑުތައް ފުރިހަމައަށް ބެލެހެއްޓި، އެއަށް ބިނާކޮށް ސެޕްސިސްޓަމުގައި އެންޓްރީ ހަދާފައިނުވާ ކަމަށެވެ.
ކޮމިޝަނަށް ނުލިބި ހުރި ފައިސާގެ ތަފްސީލުތައް
2023 ވަނަ އަހަރު ކޮމިޝަނަށް ލިބެން ޖެހޭ 30.6 މިލިއަންގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ރީބްރޯޑްކާސްޓިން ލައިސަންސަށް ލިބެން ޖެހޭ ފައިސާކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ. އެގޮތުން ރީބްރޯޑްކާސްޓިން ލައިސަންސް ފީއަށް 8.03 މިލިއަން ރުފިޔާ ނުލިބޭ ކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ. އަދި ރީބްރޯޑްކާސްޓިން ލައިސަންސް ފީގެ ޖޫރިމަނާގެ ގޮތުގައި 6.65 މިލިއަން ރުފިޔާ ނުލިބޭ ކަމަށް ރިޕޯޓުގައިވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;