ads
ދިވެހިން ވެލާނާ އެއާޕޯޓްގައި
ބޮޑު އީދު ބަންދަށް 7,000 ވުރެ ގިނަ ދިވެހި ރާއްޖެއިން ބޭރަށްދިޔަ
ބޮޑު އީދު ބަންދަށް 7,000 ވުރެ ގިނަ ދިވެހި ރާއްޖެއިން ބޭރަށްދިޔަކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
Advertisement

މި ފަހަރުގެ ބޮޑު އީދު ބަންދުގެ ގޮތުގައި ނުވަ ދުވަހުގެ ޗުއްޓީއެއް ވަނީ ލިބިފައެވެ. ބޮޑު އީދިގެ ޗުއްޓީ ފެށުނީ މެއި މަހުގެ 22 ވަނަ ދުވަހުއެވެ. ބަންދު ނިމި ސްކޫލްތަކާއި އޮފީސްތައް ހުޅުވުނީ މެެއި 31 ގައެވެ. 

އިމިގްރޭޝަނުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މެއި މަހުގެ 22 ވަނަ ދުވަހުން ފެށިގެން މެއި 31 ގެ ނިޔަލަށް 7,293 ދިވެހިން ވަނީ ރާއްޖޭން ބޭރަށް ފުރައިގެން ގޮސްފައެވެ. 

އެގޮތުން އެންމެ ގިނަ ދިވެހިން އީދު ބަންދުގައި ރާއްޖެއިން ބޭރަށް ފުރީ މެއި 23 ވަނަދުވަހުއެވެ. އެދުވަހު 1586 ދިވެއްސަކު ވަނީ ރާއްޖެއިން ބޭރަށް ފުރާފައެވެ. ދެން އެންމެ ގިނަ މީހުން އީދު ބަންދަށް ފުރީ ސަރުކާރާއި ސްކޫލްތައް އީދަށް ބަންދުވި މެއި 22 ވަނަ ދުވަހުއެވެ. އެ ދުވަހު 1273 މީހަކު ވަނީ ރާއްޖެއިން ބޭރަށް ފުރާފައެވެ. 

ބޮޑު އީދު ބަންދާއި ދިމާކޮށް ގިނަ އަދަދެއްގެ ދިވެހިން ވަނީ އަތޮޅުތެރޭގައި ރަށްތަކަށްވެސް ދަތުރުކޮށްފައެވެ. އެގޮތުން މޯލްޑިވިއަންގެ ގިނަ ފްލައިޓްތަކެއް އެދުވަސްވަރާއި ދިމާކޮށް ވަނީ ބާއްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;