މި އަހަރުގެ ދެވަނަ ދައުރު ފެށީ، މިދިޔަ ހޯމަ ދުވަހުއެވެ. އެދުވަހު ޖަލްސާއެއް ބޭއްވީ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން އަހްމަދު ނާޒިމް އިސްތިއުފާދެއްވުމުން އެ މަގާމަށް މީހަކު ހޮވުމަށެވެ.
އެދުވަހުގެ ޖަލްސާ ނިންމާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެއް ހަފްތާގެ މެދުކެނޑުމަށް ފަހު ދެން ޖަލްސާއެއް ބާއްވަނީ މާދަމާކަމަށެވެ.
އެހެންނަމަވެސް ރައްޔިތުން މަޖިލީހުން މިއަދު ބުނީ މި ހަފްތާގައިވެސް މަޖިލިސްގެ ޖަލްސާތައް ނޯންނާނެކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާތައް އަލުން ފަށާނީ އަންނަ ހަފްތާގެ ހޯމަ ދުވަހުކަމަށްވެސް މަޖިލީހުގެ އިދާރާއިން ބުނެއެވެ. އެހެންނަމަވެސް މި ހަފްތާގައި ޖަލްސާތައް ނުބާއްވަން ނިންމީ ކީއްވެގެންކަމެއް މަޖިލީހަކުން ނުބުނެއެވެ.
މި މަހުން ފެށިގެން މަޖިލީހުގެ ދެވަނަ ދައުރު ނިމޭނީ، އަންނަ 15 އޮގަސްޓުގަ އެވެ. އޭގެ ފަހުން ދޮޅުމަހުގެ ޗުއްޓީއަކަަށް ފަހު އަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ފަށާނީ އޮކްޓޯބަރުމަހުއެވެ. ފަހު ދައުރުގެ ޖަލްސާތައް ނިމޭނީ ނޮވެމްބަރަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;