ads
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި މއ. އަލިތަރި، އިބްރާހީމް ރަޝާދު
އީސީގެ ކުރީގެ ރައީސް އިބްރާހީމް ރަޝާދު އަވަހާރަވެއްޖެ
ދިވެހި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަދި ކުރީގެ ކޮމިޝަނާ އޮފް އިލެކްޝަންސް އިބްރާހިމް ރަޝާދު އަވަހާރަވެއްޖެ އެވެ.
Advertisement

ރަޝާދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ،

ރައީސް ވިދާޅުވީ ދިވެހި ދައުލަތަށް ދިގުމުއްދަތަކަށް ހިދުމަތްކުރެއްވި އިއްޒަތްތެރިއެއްގެ ލަގަބު އަރުވައިފައިވާ، އަދި ދިވެހި ދައުލަތުގެ މަތީ މަގާމުތަކެއްގައި ހިދުމަތްތަކެއް ކުރެއްވި، ރަޝާދު އަވަހާރަވި ހަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުކަމަށެވެ.

"ހިކްމަތްތެރި ހިންގުންތެރި ޝަހުސިއްޔަތެއް. ގައުމަށް ގެއްލިގެން އެދިޔައީ ބޭނުންތެރި އަގުހުރި ތަޖްރިބާކާރެއް،" ރައީސް ލިޔުއްވާފައިވެ އެވެ.

ރައީސް ވިދާޅުވީ މީގެ ވިއްސަކަށް އަހަރަށްވުރެ ކުރިން، ޓެކްނޮލޮޖީގެ ވަސީލަތްތައް މިހާރަށްވުރެ މާމަދު ޒަމާނުގައިވެސް ސަރުކާރުގެ އިދާރީ ހިންގުން ހަލުވިކޮށް ރައްޔިތުންނަށްދޭ ހިދުމަތްތައް ފަސޭހަކުރުމުގައި ރަޝާދު ކުރެއްވި މަސައްކަތްޕުޅުތައް ހާއްސަކޮށް ފާހަގަކުރެވޭ ކަމަށެވެ. އަދި، ދައުލަތަށް ހިދުމަތްކުރެއްވުމުގައި އުސޫލުތަކާއި ހަމަތަައް ހިފެހެއްޓެވުމާއި އަމާނާތްތެރިކަމުގައި ރައްޔިތުންނާއި ވެރިންގެ އިތުބާރު ރަޝާދު ހޯއްދަވާފައިވާކަން ފާހަގަކުރެއްވި އެވެ.

ފަހުގެ ތާރީހުގައި ގައުމު ދުށް މިފަދަ ހިދުމަތްތެރި، ހުލްގު ހެޔޮ ބޭފުޅަކު ވަކިވެވަޑައިގަތުމުގެ ހިތާމައިގައި، އެމަނިކުފާނުގެ އާއިލާއަށް، އަދި ހިދުމަތްކުރެއްވި އެކި އިދާރާތަކުގެ މުވައްޒަފުންނަށް ރައީސް ވަނީ ތައުޒިޔާ ދަންނަވާފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;