ފުލުހުން ބުނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވެ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކުރީ މިމަހުގެ އެއްވަނަ ދުވަހުކަމަށެވެ.
މި މައްސަލާގައި ތުހުމަތުކުރެވޭ މީހާ ފުލުސް މީހާ ޖިންސީ ގޯނާކޮށްފައިވަނީ އުމުރުން 16 އަހަރުގެ ކުއްޖެކަށް ކަން ވަނީ އެނގިފައެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ޖިނާއީ ތަހުގީގު މިހާރު ދަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ކުރިއަށް ކުރަމުން އަންނަކަމަށެވެ. އަދި މި މައްސަލާގައި ފުލުހަކު ހިމެނޭތީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑުން ވަކި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލަމުންދާކަމަށްވެސް ފުލުހުން ބުނެއެވެ.
އެހެންނަމަވެސް މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;