މީ ދާދި ކައިރީގައި ބޭއްވި ދެ އިންތިހާބުން ސަރުކާރަށް އައްޑޫ ސިޓީން ނާކިޔާބީއާ ކުރިމަތިލާން ޖެހުނު ދެވަނަ ފަހަރެވެ.
މިއަދު ބައި-އިލެކްޝަންގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ފަރާތުން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު އެވެ. މި ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ މިހާރު ދައްކާގޮތުން ސަރުކާރަށް އެ ދާއިރާގެ ގޮނޑި ދިފާއު ނުކުރެވި އިދިކޮޅު އެމްޑީޕީއަށް އެ ގޮނޑި މިވަނީ ލިބިފަ އެވެ.
އެ އިންތިހާބުގެ ރަސްމީ ނަތީޖާ މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ނުކުރި ނަމަވެސް ލިބިފައިވާ ނަތީޖާތައް ދައްކާ ގޮތުން ސޯބެއަށް ވަނީ 1،375 ވޯޓު ލިބިފަ އެވެ. އަދި ސޮޑާއަށް 1،313 ވޯޓު ލިބުނެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެދާއިރާއަށް 2024ވަނަ އަހަރު އިންތިހާބު ކުރި މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވެ، އެ ދަރަނި ހުކުމާ އެއްގޮތަށް ނުދައްކާކަން ސާބިތުވާތީ، ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.
މީ އައްޑޫ ސިޓީން ސަރުކާރުން ހިންގާ ޕީއެންސީއަށް ނާކާމިޔާބީ އާ ކުރިމަތިލާން ޖެހޭ ދެވަނަ ފަހަރުއެވެ. ދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައިވެސް އައްޑޫ ސިޓީގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީގެ މެމްބަރުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;