މިއަދު ހެނދުނު އަށެއް ޖެހިއިރު، ފެށި، ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށްގެންދަން އޮތީ ހަވީރު ހަތަރަކާ ހަމައަށެވެ.
އެކަމަކު އިލެކްޝަންސް ކޮމިޝަން (އީސީ)ން މައުލޫމާތު ދިން ގޮތުގައި، ވޯޓު ލެވޭ ގަޑި މިހާރު ވަނީ ހަވީރު ފަހަކަށް އިތުރުކޮށްފައެވެ.
މި ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 4،121އަށް އަރައެވެ. އަދި މި އިންތިޚާބުގައި ވޯޓުލުމަށް ޖުމުލަ ހަތް ވޯޓު ފޮއްޓެއް ބަހައްޓައިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ މާލޭގެ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ ދެ ފޮއްޓާއި އައްޑޫގެ ހިތަދޫ ސްކޫލުގައި ބަހައްޓާފައިވާ ފަސް ފޮއްޓެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;