ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޖުމުލަ 4،121 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވެއެވެ. އަދި އެ އިންްތިހާބަށް 4،154 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާކަމަށް އީސީން ވަނީ ބުނެފައެވެ.
އީސީން ބުނީ މި އިންތިހާބުގައި މިއަދު ތިނެއް ޖެހުމާއި ހަމައަށް 2055 މީހުން ވޯޓްލާފައިވާކަމަށެވެ. އެގޮތުން ވޯޓްލީ މީހުންގެ ތެރޭގައި ހިމެނެނީ 1079 އަންހެނަކާއި 976 ފިރިހެނުންކަމަށް އީސީން ބުނެއެވެ. އެއީ ވޯޓްލެވޭ މީހުންގެ 49.87 އިންސައްތަ މީހުންނެވެ.
މި އިންތިހާބުގައި ވޯތްލެވޭ މީހުންގެ ތެރެއިން އަދިވެސް ވޯޓްނުލާ 2066 މީހުން އެބަ ތިއްބެވެ. އެއީ 50.13 އިންސައްތައެވެ.
މި އިންތިހާބުގައި ޖުމްލަ 7 ފޮށި ބަހައްޓާފައިވާއިރު އައްޑޫގައި އުޅޭ އެ ދާއިރާގެ މީހުންނަށް ފަސް ވޯޓުފޮށި ހިތަދޫ ސްކޫލްގައި ބަހައްޓާފައިވެއެވެ. އަދި މާލޭގައި ދިރިއުޅޭ ހިތަދޫ އުތުރު ދާއިރާގެ މީހުން ވޯޓުލާނީ ދަރުމަވަންތަ ސްކޫލްގައި ބަހައްޓާފައިވާ ދެ ވޯޓުފޮއްޓަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;