ފީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްކަމުން ނާޒިމް ވަކިކުރުމަށް ސެނެޓަށް ހުށައެޅުއްވީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
އެނގިފައިވާ ގޮތުގައި ޕީއެންސީގެ ލީޑާޝިޕުން ނާޒިމް ދިއްގަރު ދާއިރާގެ ރައީސްކަމުން ވަކިކުރީ ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ހަދާފައި އޮންނަ ސެނެޓް ހިންގުމުގެ ގަވާއިދުން ލީޑާޝިޕަށް ދީފައި އޮންނަ ބާރެއް ބޭނުންކޮށްގެނެވެ. އެހެންނަމަވެސް ނާޒިމް އެ މަގާމުން ވަކިކުރީ ކޮިން ސަބަބަކާއި ހެދި ކަމެއް ސާފެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް ވެރިކަން ކުރާ ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވޯޓު ނަގަން ތައްޔާރުވެފައިވަނިކޮށް އޭނާ ވަނީ އެ މަގާމުން އިސްތިއުފާދެއްވާފައެވެ.
އިސްތިއުފާދެއްވާ ނާޒިމް ނެރުއްވި ބަޔާނުގައި ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ވަކިކުރުމަށް އޭނާ ހިމެނިވަޑައިގަންނަވާ ޕީއެންސީން ހުށަހަޅާފައިވާ ގަރާރުގައި ކޮށްފައިވާ ތުހުމަތުތައް ވަނީ ދޮގުކުރައްވާފަ އެވެ. ނާޒިމް ވިދާޅުވީ އެ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ.
ނާޒިމް ވިދާޅުވީ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރެއްވީ ގާނޫނީ ހަމަތަކުގެ މަތިން މެމްބަރުންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއް ނެތި، ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ކަމަށެވެ. އަދި ވަކި ސިޔާސީ ފިކުރަކަށް ތަބާވެ، އެއްވެސް ކަމެއް ގާނޫނާ ގަވާއިދާ ހިލާފަށް ނުކުރައްވާ ކަމަށް ވެސް އެ ބަޔާނުގައި އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;