ads
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގެ ތެރެއިން ހިތަދޫ ސްކޫލް ހޯލުގެ ދެކުނުގައި ގާއިމްކޮށްފައިވާ ވޯޓުލާ މަރުކަޒުގައި ވޯޓުލުން ކުރިޔަށްދަނީ - ފޮޓޯ: އީސީ
12 ޖެހުމާއި ހަމައަށް ވޯޓުލީ 26 ޕަސެންޓް މީހުން
މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި 12:00 އާ ހަމައަށް 26 ޕަސެންޓް މީހުން ވޯޓުލައިފި އެވެ.
Advertisement

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ޖުމްލަ 4121 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މި ބައި-އިލެކްޝަންގައި 12:00 އާ ހަމައަށް 1080 މީހުން ވޯޓުލާފައިވާ ކަމަށެވެ.

ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 529 އަންހެނުންނާއި 551 ފިރިހެނުންނެވެ.

އައްޑޫގައި އުޅޭ އެ ދާއިރާގެ މީހުންނަށް ފަސް ވޯޓުފޮށި އެ ސްކޫލްގައި ބަހައްޓާފައި ވެ އެވެ. މާލޭގައި ދިރިއުޅޭ ހިތަދޫ އުތުރު ދާއިރާގެ މީހުން ވޯޓުލާނީ ދަރުމަވަންތަ ސްކޫލްގައި ބަހައްޓާފައިވާ ދެ ވޯޓުފޮއްޓަށެވެ.

މި ބައި-އިލެކްޝަންގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ފަރާތުން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެދާއިރާއަށް 2024ވަނަ އަހަރު އިންތިހާބު ކުރި މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވެ، އެ ދަރަނި ހުކުމާ އެއްގޮތަށް ނުދައްކާކަން ސާބިތުވާތީ، ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;