ads
ހިތަދޫ އުތުރު ދާއިރާ ބައި އިލެކްޝަންގެ ވޯޓުލުން ފެށުން - ފޮޓޯ: އީސީ
ހިތަދޫ އުތުރު ދާއިރާ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފި
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި އެވެ.
Advertisement

އިލެކްޝަންސް ކޮމިޝަން (އީސީ) ބުނީ މިއަދު ހެނދުނު 8:00 ގައި ފެށި ވޯޓުލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ. ހިތަދޫ އުތުރު ދާއިރާގައި ވޯޓުފޮށި ބަހައްޓާފައި ވަނީ ހިތަދޫ ސްކޫލްގަ އެވެ. 

އައްޑޫގައި އުޅޭ އެ ދާއިރާގެ މީހުންނަށް ފަސް ވޯޓުފޮށި އެ ސްކޫލްގައި ބަހައްޓާފައި ވެ އެވެ. މާލޭގައި ދިރިއުޅޭ ހިތަދޫ އުތުރު ދާއިރާގެ މީހުން ވޯޓުލާނީ ދަރުމަވަންތަ ސްކޫލްގައި ބަހައްޓާފައިވާ ދެ ވޯޓުފޮއްޓަށެވެ. 

މި ބައި-އިލެކްޝަންގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ފަރާތުން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު އެވެ.


4،120 މީހަކަށް ވޯޓުލުމުގެ ހައްގު ލިބޭ، މި ބައި އިލެކްޝަން ބާއްވަނީ، އެ ދާއިރާގެ މެންބަރު ކަމުގައި އެންމެ ފަހުން ހުންނެވި މުހައްމަދު ސިނާނުގެ ގޮނޑި ގެއްލުމާ ގުޅިގެންނެވެ. އެއީ، އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ބުނެ، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އޭޕްރިލް މަހު ހުކުމް ކުރުމާ ގުޅިގެންނެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;