ބ އަތޮޅުގެ ދަރަވަންދޫ، ދޮންފަނު، ކިހާދޫ އަދި ކުޑަރިކިލުގައި ފެށުމަށް ހަމަޖެހިފައިވާ މި ޕައިލެޓް ޕްރޮގްރާމަކީ އަންހެނުންނާއި ޒުވާނުންނާއި، އިސްރަށްވެހިންނަށް ފުރުސަތުތައް ފަހިކޮށްދީ، އާއިލާތަކަށް ބައިވެރިވެވޭ ފަދަ ފަތުރުވެރިކަމުގެ ނިޒާމެއް ބިނާކުރުމަށް ފަރުމާކުރެވޭ މަޝްރޫއެކެވެ. މި މަސައްކަތުގެ އަސާސަކީ ފަތުރުވެރިކަން ފުޅާކުރުމުގައި ރަށްރަށުގެ މުޖުތަމައުތަކުގެ ބޭނުންތަކާއި ޝުއޫރުތަކަށް ރިއާޔަތް ކުރުމެވެ.
މި މަޝްރޫއުގެ ފެށުމެއްގެ ގޮތުން ފުރަތަމަ ފިޔަވަހީގައި ކުރިއަށްދާނީ މެޕިންގްގެ މަސައްކަތްތަކެވެ. މިއީ މުސްތަގުބަލުގައި ކުރިއަށްދާނެ ކެޕޭސިޓީ ބިލްޑިންގްގެ އާއި އުފެއްދުންތެރިކަމުގެ މަރުހަލާތަކަށް އެޅޭ ބިންގަލެކެވެ.
މި އެއްބަސްވުމުގެ ދަށުން ކަނޑައެޅިފައިވާ ރަށްތަކުގައި މެޕިންގް މަސައްކަތްތައް ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ފެށުމަށް ތާވަލުކޮށްފައިވެ ފައެވެ. އަދި އެ މަސައްކަތް ނިމުމާއެކު، ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުގެ ތަފްސީލުތައް ހާމަކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ފަތުރުވެރިކަމުގެ އާ މޮޑެލެއް ތައާރަފުކުރާއިރު، ސަރުކާރުން ވަނީ، ފަސް އަތޮޅެއްގައި ހަލާލް ޓުއަރިޒަމް ތައާރަފުކުރަން ނިންމާފަ އެވެ. އެއީ، ރިސޯޓު ތަރައްގީކުރަން ދޭ މުއްދަތު (ގްރޭސް ޕީރިއަޑް)ގެ ކުރިން އެ ރިސޯޓު ތަރައްގީކޮށް އޮޕަރޭޝަނަށް ގެނެވިއްޖެ ހާލަތެއްގައި، އެ ދުވަހުން ފެށިގެން ގްރޭސް ޕީރިއަޑްގެ ބާކީ އޮތް މުއްދަތައް އަރާ ބިމު ކުލި މައާފުކުރެވޭ ގޮތަށް ދޭ ލުޔަކާއެކީގަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;