ads
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިންގައި އެމްޑީޕީގެ ލީޑާ ޝިޕް
ފޯރިގަދަ ވާދަވެރި ކެމްޕެއިން ނިމިއްޖެ، ވޯޓްލުން މާދަމާ
ފޯރިގަދަ ކެމްޕެއިން ހަރަކާތްތަކަކަށް ފަހު، އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން ބޮޑު ދެ ޕާޓީން ނިންމާލައިފިއެވެ.
Advertisement

މާދަމާ އޮންނަ ބައި އިލެކްޝަންގައި ވާދަކުރަނީ ވެރިކަންކުރާ ޕީއެންސީނާއި އިދިކޮޅު އެމް ބޮޑު އެމްޑީޕީންނެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އިންތިހާބަށް ނުކުމެ ހުރީ އަހުމަދު ސައީދު (ސޮޑާ) އަދި އިދިކޮޅު އެމްޑީޕީން އިންތިހާބަށް ނުކުމެ ހުރީ އައްޑޫ ސިޓީގެ ފުރަތަމަ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) އެވެ.  

ދެ ޕާޓިންވެސް އައްޑޫ ސިޓީގައި ވަނީ ވާދަވެރި ކެމްޕެއިން ހަރަކާތްތައް ކުރިޔަށް ގެންގޮސްފައެވެ. ވެރިކަން ކުރާ ޕީއެންސީ ސަރުކާރުގެ ގިނަ އަދަދެއްގެ ވަޒީރުންނާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲވެސް އައްޑޫ ސިޓީއަށް ވަޑާއިގެން ކެމްޕެއިން ތަކުގައި ބައިވެރިވެޑައިގެންފައެވެ. 

your imageހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިންގައި ސަރުކާރުގެ ބައެއް ވަޒީރުން

އަނެއްކޮޅުން އިދިކޮޅު އެމްޑީޕީގެ މުޅި ލީޑާ ޝިޕް އެއްކޮށް އައްޑޫއަށް ވަޑައިގެން ކެމްޕެއިން ހަރަކާތްތަކުގައި ވަނީ ބައިވެރިވެފައެވެ. އެގޮތުން ކުރީގެ ދެ ރައީސުންކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް ސާލިހާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރް މޫސާއާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްވެސް ވަނީ އައްޑޫއަށް ވަޑައިގެން ކެމްޕެއިންގެ މަސައްކަތް ކުރައްވާފައެވެ. 

އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން މާދަމާ ބާއްވަނީ އެ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި އަހުމަދު ސިނާން ނަގާފައިވާ ލޯނެއްގެ މައްސަލާގައި ގޮނޑި ގެއްލުނުކަމަށް ކަނޑައެޅުމުންނެވެ. ބައި އިލެކްޝަންގައި ވާދަކުރަން ޕްރައިމެރީގައި އެންމެ ފުރަތަމަ ޕީއެންސީ ޓިކެޓް ލިބުނީވެސް ސިނާނަށެވެ. އެހެންނަމަވެސް ފަހުން އޭނާ ވަނީ އިންތިހާބުގައި ވާދަނުކުރަން ނިންމާ ޕާޓީގެ ޓިކެޓް އޭނާއާ ޕްރައިމެރީގައި ވާދަކުރި އަހުމަދު ސައީދުއަށް ދީފައެވެ. 

your imageއަބްދު ﷲ ސޯދިގު (ސޯބެ) އާއި އަހުމަދު ސައީދު (ސޮޑާ)

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ އެއްވެސް ގޮނޑިއެއް ސަރުކާރު ހިންގާ ޕީއެންސީއަށް ލިބިފައި ނުވާތީ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ދިފާއުކުރުމަކީ މި ވަގުތު ސަރުކާރުން ހުރިހާ ފޯކަސްއެއް ހުއްޓާލާފައިވާ ކަންތަކެވެ.

އަނެއްކޮޅުން ސަރުކާރަށް ތާއިދުނެތްކަން ސާބިތުކޮށްދިނުމަށް އެ ގޮނޑި ކާމިޔާބުކުރުމަށް އިދިކޮޅު ހުރިހާ ފަރާތްތަކުން އަންނަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އިދިކޮޅު ޕީއެންއެފްގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ އެ ގޮނޑިއަށް އެމްޑީޕީގެ ކެންޑިޑޭޓް ހޮވުމަށް އެމަނިކުފާނުގެ ސަޕޯޓަރުންނަށް ގޮވާލައްވާފައެވެ. 

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޖުމުލަ 4،121 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވެއެވެ. އަދި އެ އިންްތިހާބަށް 4،154 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާކަމަށް އީސީން ވަނީ ބުނެފައެވެ. 

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ވޯޓްލާން ބަހައްޓާނީ 7 ވޯޓް ފޮށި ބަހައްޓަން އީސީން ވަނީ ނިންމާފައެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;