އެވަގުތެއްގައި ރައްޔިތުންގެ ވިންދު އެކަމަކާ ގުޅިފައިވާ ދާއިރާއަކަށް ހާއްސަކޮށްގެން، މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުން 'ޕަލްސް' ގެ ނަމުގައި ފެށި ހާއްސަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަމުން އަންނަނީ ގްރީން ބްލެޓްގެ ކޮންސެޕްޓަށްކަމަށެވެ.
އެގޮތުން މީގެ ކުރިންވެސް އެމަގުގައި ގަސްހުރި ނަމަވެސް މިހާރު އަލުން މަގު ނިމޭއިރު ކުރިޔަށްވުރެ ގަސް ގިނަވެ މާލޭގެ މަލަމަތި ގަސްތަކުން މާ ހިތްގައިމުކޮށް ފެންނާނެކަަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މިއަދު ފާހަގަކުރާ ތިމަވޭސީގެ ދުވަހާއި ގުޅުވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ މި ސަރުކާރުން ކުރިޔަށް ގެންދާ 5 މިލިއަން ގަސް ޕްރޮގްރާމުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ގޮވާލާފައެވެ. އަދި ހާއްސަކޮށް ޒުވާނުން އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.
ބޭރުމަގު ޒަމާނީ ފެންވަރަށް ތާރު އަޅާ ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން
ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮތް ސަރަހައްދުގައެވެ. އެ މަސައްކަތް ފެށީ މާރިޗު މަހުގެ 24 ވަނަ ދުވަހުއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;