މިރޭ ނިމޭ މި ޖޮބް ފެއާ މިއަދު ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށް އެމްއެންޔޫ ސެންޓްރަލް ބިލްޑިންގުގައި ކުރިއަށް ގެންދާނެ އެވެ.
އެމްއައިބީން ބުނީ "އެމްއެންޔޫ ފަހި ފުރުސަތު" ގެ ނަމުގައި ފަށާފައިވާ ޖޮބް ފެއާގައި އެ ބޭންކުން ލިބެން ހުރި ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން އިންޓާންޝިޕްގެ ފުރުސަތުތަކާއި ބޭންކުގެ މަސައްކަތު މާހައުލާ ގުޅޭ މައުލޫމާތު ފެއާގައި އެމްއައިބީގެ "ސްޓޯލު ނަންބަރު 17" އިން ލިބެން ހުންނާނެ ކަމަށެވެ.
މިއީ ދަސްވެނިން އަދި ވަޒީފާ ހޯދާ ފަރާތްތަކަށް އެމްއައިބީގައި ހުރި ފުރުސަތުތައް ދެނެގަނެ، މަސައްކަތުގެ މާހައުލާ ގުޅޭ މައުލޫމާތު ހޯދުމަށްލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި މި ފުރުސަތުގެ ބޭނުން ހިފުމަށް އެމްއައިބީން ހިތްވަރުދެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;