ރައީސް ސާލިހް މިހެން ވިދާޅުވީ މާދަމާ ބާއްވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕެއިން ނިންމުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ސާލިހު ރޭ އައްޑޫ ސިޓީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މީގެ ދެ ދުވަސް ކުރިން ޕީއެންސީގެ މަޖިލިސް މެމްބަރެއް ގުޅުއްވައި އޭނާއާއެކު އިތުރު މެމްބަރުންތަކެއް ސަރުކާރު ޖަވާބުދާރީ ކުރުވަން ޕީއެންސީ ދޫކޮށްލަން ތައްޔާރަށް ތިބިކަން ހާމަކޮށްފައިވާކަމަށެވެ.
އިބޫ ވިދާޅުވީ އެ މެމްބަރުން ތިއްބެވީ ތިން ރައީސުންގެ އިޝާރާތަކަށް ކަމަށެވެ. އަދި ތިން ރައީސުން އެދޭނެމަ އެ މެމްބަރުން ޕީއެންސީ ދޫކޮށް ނުކުންނާނެކަމަށްވެސް ސާލިހް ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހަކީ ދެކޮޅު ނުޖެހޭ އިސްލާހެއް ކަމަށެވެ. އަދި އޭގެ ބޭނުމަކީ މެމްބަރުން "ތަޅު އެޅުވުން" ކަމަށާއި އެކަމާ ހެދި މެމްބަރުންނަށް މިނިވަންކަމާ އެކު އާއްމުންގެ އަޑު އުފުލޭކަށް ވެސް ނެތް ކަމަށް ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;