ނަޝީދު މިހެން ވިދާޅުވީ މާދަމާ ބާއްވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕެއިން ނިންމުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ އައްޑޫގައި އެމްޑީޕީގެ ސަރުކާރަކުން ފިޔަވައި ތަރައްގީގެ ނުވަތަ އިޖުތިމާއީ ކަމެއް ކުރެވިފައި އޮތްތަނެއް ނުފެންނާނެ ކަމަށެވެ. އެގޮތުން އައްޑޫ ސިޓީގައި މި ވާ ހުރިހާ އުމްރާނީ ތަރައްގީއަކީ އިތުރު ބައެއްގެ އެއްޗެއް ނޫންކަމަށާއި އެއީ އެމްޑީޕީން ހޯދައިދިން ތަރައްގީކަމަށް ނަޝީދު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ނަޝީދު އެމްޑީޕީގެ ދެ ވެރިކަމުގައި އައްޑޫއަށް ހޯދައިދިން ތަރައްގީގެ ބައެއް ކަންކަން ވިދާޅުވެފައެވެ. ދޮށީ އުމުރުގެ މީހުން، އެކަނިވެރިން މައިން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވަންސެއް ދިނީ އެމްޑީޕީންކަން ނަޝީދު ފާހަގަކުރެއްވިއެވެ. އަދި މަސައްކަތް ކުރާ މީހުންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ބޭސް ސިޓީއަށް ސަލާން ޖެހުމާއި ފޮތް ލިސްޓަށް އާދޭސް ކުރުން ހުއްޓުވުމަށް ގެނައިވެސް އެމްޑީޕީންކަން ނަޝީދު ފާހަގަކުރެއްވިއެވެ.
ނަޝީދު ވިދާޅުވީ ، ރާއްޖެ މިއޮތީ ދަރަނީގެ ދުންފަތް މަތީގައި ކަމަށާއި މަޖިލީހަށް އިންތިހާބު ކުރަން ޖެހެނީ މި ވަމުންދާ ގޮތް ވެސް އެނގޭ، ތަންދޮރު ފިލާފައި ހުރި، ދުނިޔޭގެ އާޖުފާޖު އެނގޭ މީހެއްކަމަށެވެ. އަދި އެ މީހަކީ ސޯބެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އިންތިހާބުގައި ވާދަކުރާއިރު އެމްޑީޕީގެ ފަރާތުން ވާދަކުރާނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދު ﷲ ސޯދިގު (ސޯބެ) އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;