ads
ތޮއްޑޫގައި ކުޅިވަރު ކުޅޭ ތަންތަން ނަމާދުވަގުތަށް ބަންދު
އއ. ތޮއްޑޫގައި ކުޅިވަރުކުޅޭ ހުރިހާ ތަނެއް ނަމާދު ވަގުތުތަކުގައި ބަންދުކުރަން އެރަށު ކައުންސިލުން ނިންމައިފިއެވެ.
Advertisement

އެ ކައުންސިލުން އެރަށުގެ ރައްޔިތުންނަށް އެންގި އެންގުމެއްގައި ބުނީ ކުޅުވަރު ކުޅޭ ހުރިހާތަނެއް ކޮންމެ ނަމާދުވަގުތަކަށް 30 މިނެޓަށް ބަންދުވާނެކަމަށެވެ. އަދި ކޮންމެ ދުވަހަކު ހަވީރު 6:00 އިން ފެށިގެން ރޭގަނޑު 8:00 އާ ދެމެދުވެސް ކުޅުވަރު ކުޅޭތަންތަން ބަންދުވާނެކަމަށެވެ. މީގެއިތުރުން ހުކުރު ދުވަހުގެ ހެނދުނު 10:30 އިން ފެށިގެން މެންދުރު ފަހު 2:00 އާ ހުކުރު ވަގުތައްވެސް ކުޅިވަރުކުޅޭ ތަންތަން ބަންދުކުރާނެ ކަމަށް ކައުންސިލުން ނިންމި ނިންމުމުގައިވެއެވެ. 

އެވަގުތުތަކުގައި އެތަންތަނުގައި ކުޅިވަރު ކުޅުމަކީ މަނާކަމެއްކަމަށާއި އެކަން އެގޮތަށް ތަންފީޒުކުރޭތޯ ބަލަން އެ ރަށު ކައުންސިލްގެ ޔޫތު އެސޯސިއޭޓާއި ސްޕޯޓްސް ކައުންސިލަރުގެ މައްޗަށް ޒިންމާ ހަވާލުކޮށްފައިވާކަމަށްވެސް ކައުންސިލުން ނިންމި ނިންމުގައި ވަނީ ބުނެފައެވެ. 

ނަމާދު ވަގުތުތަކަށް ކުޅިވަރު ކުޅޭތަންތަން ބަންދުކުރަން ތޮއްޑޫ ކައުންސިލުން ނިންމާފައި މިވަނީ ނަމާދު ވަގުތުތަކުގައި ކުޅިވަރު މެދުކަނޑާލައި ކުޅިވަރުގެ މައިދާންތަކުގައި ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖައްސަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިދިޔަ ހޯމދުވަހު ވިދާޅުވެފައި ވަނިކޮށެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;