ads
ސަނީ އުމަރު
ސަނީ އުމަރު މާދަމާ ކޯޓަށް ހާޒިރުކުރަނީ
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ބޮޑެތި ތުހުމަތުތަކެއް ޙުސައިން ސަނީ އުމަރު މާދަމާ މެންދުރު ފަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރަން ތާވަލުކޮށްފިއެވެ.
Advertisement

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ގ. މާވަނި، ޙުސައިން ސަނީ ޢުމަރުގެ މައްޗަށް ކޯޓަށް ހުށަހެޅި ދައުވާތަކުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތިން ދައުވާއަކާއި، ގާނޫނުލްއުގޫބާތުގެ ދަށުން ކުރި ދެ ދައުވާއެއް ހިމެނެއެވެ. މާދަމާ ސަނީ އުމަރު ކޯޓަށް ހާޒިރު ކުރަނީ އެ މައްސަލަތަކުގެ ޝަރިއަތަށެވެ. 

ކްރިމިނަލް ކޯޓުގެ ތާވަލުގައިވާ ގޮތުން، ސިއްރުން ކުރިއަށް ގެންދާ މި ޝަރިއަތް އޮންނާނީ މާދަމާ ދޭއް ޖަހާއިރެވެ. 

ޕީޖީ އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި ސަނީ އުމަރުގެ މައްޗަށް ދައުވާ އުފުލީ ފިރިހެން ކުއްޖެއްގެ އުމުރުން ހަތް އަހަރު ފުރުމުގެ ކުރިން ފެށިގެން އޮގަސްޓު، 2025 އާ ހަމައަށް އެކިދުވަސް މަތިން އެ ކުއްޖާއަށް ޖިންސީ ގޯނާކޮށް، އެ ކުއްޖާގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލާފައިވާތީއެވެ. 

ދެވަނައަށް އުފުލީ އަންހެން ކުއްޖެއްގެ އުމުރުން 10 ނުވަތަ 11 އަހަރުގައި އެ ކުއްޖާ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލާފައިވާ ކަމަށް ތުހުމަތުކޮށެވެ. އަދި ތިންވަނަ އަށް އުފުލާފައިވަނީ ވެސް އަންހެން ކުއްޖެއްގެ އުމުރުން ނުވަ ނުވަތަ 10 އަހަރުގައި އެ ކުއްޖާގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލި ކަމަށް ތުހުމަތުކޮށް ކަމަށް ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ. 

ސަނީ އުމަރު ހުރީ ޝަރިއަތް ނިމެންދެން ބަންދުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;