ads
ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދެނީ--
ހިމަބިހި ޖެހުނު މީހުންގެ އަދަދު 11 އަށް އަރައިފި
ރާއްޖެއިން ނައްތާލާފައިވާ ބައްޔެއްކަމަށްވާ ހިމަބިހި އަލުން ރާއްޖެއިން ފެނި އެ ބަލި ޖެހުނު މީހުންގެ އަދަދު 11 އަށް އަރައިފިކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ.
Advertisement

މާލެ ސަރަހައްދުން ހިމަބިހި (މީސަލްސް) ޖެހިފައިވާ ބަޔަކު ފެނުނުކަމަށް އެޗްޕީއޭން ބުނީ މިިދިޔަމަހުގެ  13 ވަނަ ދުވަހުއެވެ. 

އޭގެފަހުން މިހާތަނަށް މި ބަލި ޖެހިފައިވާ 11 މީހުން މިހާތަނަށް ފެނިފައިވާއިރު މިދިޔަ ހަފްތާގައިވެސް މި ބަލި ޖެހިފައިވާ ދެ މީހުން ފެނިފައިވާކަމަށް އެޗްޕީއޭއިން މިއަދު ވަނީ ބުނެފައެވެ. އަދި އެ ދެމީހުންވެސް ފެނުނީ މާލޭ ސަރަހައްދުންކަމަށް އެޗްޕީއޭއިން ބުނެއެވެ. 

ހިމަބިހިން ރައްކާތެރިވުމަށް އަޅަންވީ ފިޔަވަޅުތައް 

  • ހުންއައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން. ފަރުވާ ހޯދަން ދާއިރު މާސްކު އަަޅައިގެން ދިއުން
  • އާއްމު ދަތުރުފަތުރުގެ ވަސީލަތްތައް( ބަސް، ފެރީ، ޓެކްސީ ) ބޭނުން ނުކުރުންް 
  • ހިމަ ބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުން. 
  • ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުން 

ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ކަނޑައަޅާފައިވާ ބައްޔެކެވެ. އެހެންނަމަވެސް 2023 ވަނަ އަހަރު ވެސް މި ބަލީގެ ކޭސްތަކެއް ވަނީ ރާއްޖެއިން ފެނިފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;