ads
ލަގާންގެ ޕޯސްޓަރު
"ލަގާން"ގެ ޕޯސްޓަރެއް ހަދައިގެން ތަރިންނާއި ބައްދަލުކުރުމުގެ ފުރުސަތު
ފިލްމު 'ލަގާން' ރިލީޒްކުރިތާ މި މަހު 25 އަހަރު ފުރޭތީ އެކަން ފާހަގަކުރަން ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން ފިލްމުގެ ޕޯސްޓަރު ޑިޒައިން ކުރުމުގެ ޗެލެންޖަކަށް ހުޅުވާލައިފި އެވެ.
Advertisement

މިކަމާއި ގުޅިގެން ސޯޝަލް މީޑިޔާގައި އާންމުކުރި ވީޑިއޯއެއްގައި ފިލްމުގެ ޑައިރެކްޓަރު އަޝުތޯޝް ގޮވަރިކާ ބުނީ ލަގާންގެ ޕޯސްޓަރު އާ ގޮތަކަށް ޑިޒައިންކޮށްލައިގެން ހޮވޭ ޕޯސްޓަރު ހުށަހެޅި ފަރާތަށް، ފިލްމުގެ ހާއްސަ ސްކްރީނިންއެއްގައި ބައިވެރިވާން ދައުވަތު ދޭނެ ކަމަށާއި އެ ސްކްރީނިންގައި ފިލްމުގެ ކާސްޓާއި ކްރޫ ބައިވެރިވާނެ ކަމުގައި އެވެ.

"ލަގާން ރިލީޒްކުރި ދުވަސްވަރު ފިލްމުގެ ރަސްމީ ތިން ޕޯސްޓަރެއް ނެރުނު ނަމަވެސް ފިލްމުގެ ވާހަކައާ ކްރިކެޓާ އެއްވެސް ގުޅުމެއް އޮތްކަމުގެ އިޝާރާތެއް ދީފައި ނުވާނެ. އެހެން ކަމުން ފިލްމު ބެލުމަށް ފަހު ކްރިކެޓް އާއި އެ ފިލްމާއި އޮތް ގުޅުން ފެނި ކްރިކެޓް ފޭނުންނައް ވަނީ ވަރަށް ބޮޑު ސަޕްރައިޒެއް ލިބިފައި" ޑައިރެކްޓަރު އިތުރަށް ފާހަގަ ކުރި އެވެ.

އެހެންކަމުން ،މި ފިލްމަށް މި މަހުގެ 15 ވަނަ ދުވަހަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި އާ ޕޯސްޓަރު ޑިޒައިން ކުރުމުގެ ޗެލެންޖަކަށް ހުޅުވައިލަނީ ކުރެހުންތެރިންނާއި ޕޯސްޓަރު ޑިޒައިންކުރާ މީހުންނަށް އެ މީހުން ބޭނުންވާ ގޮތަކަށް އެ ޕޯސްޓަރު ޑިޒައިންކޮށް ލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އޭނާ އެ ވީޑިއޯގައި ބުނެފައިވެ އެވެ. 

ޕޯސްޓަރު ހުށަހަޅަން ޖެހެނީ މި މަހުގެ 10 ގެ ކުރިންނެވެ.

ޑިޒައިންކުރާ ޕޯސްޓަރު އީމެއިލުން ފޮނުވުމުގެ އިތުރަށް އާމިރު ހާން ޕްރޮޑަކްޝަން ޓެގްކޮށް ވެސް ހުށަހެޅޭނެ އެވެ. 

ނަމަވެސް މި ޕޯސްޓަރު ޗެލެންޖަށް އޭއައި ބޭނުންކޮށްގެން ތައްޔާރު ކުރާ ޕޯސްޓަރުތައް ބަލައެއް ނުގަންނާނެ އެވެ.

މި ފިލުމުވެގެން ގޮސްފައިވަނީ އާންމުންގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމަކަަށެވެ. 

ލަގާން ފިލްމުން ފެނިގެންދަނީ  އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުގައި އޮތް ދުވަސްވަރު އިންޑިއާ މީހުންގެ އަތުން ނަގަމުން ދިޔަ ޓެކްސް މައާފުކޮށް ދޭން އިނގިރޭސިންނަށް ޖެހުނު ގޮތުގެ ވާހަކަ އެެވެ، 

އެކަން ކުރަން އިނގިރޭސީންނައް މަޖުބޫރު ވަނީ އިންޑިޔާގެ ރަށްފުށުބަޔަކާއި އެކު ކުޅުން ކްރިކެޓް މެޗަކުން އެމީހުން ބަލި ވުމުން ކަމަށް މި ފިލްމުގައި ވަނީ ދައްކުވައިދީފައި އެވެ.

އެ ފިލުމުން ފެނިގެންދާ ގޮތުގައި އިންޑިއާ އަށް ކްރިކެޓް ތައާރަފުވީ މިކަމުގެ ސަބަބުންނެވެ. 

އާމިރު ހާން ގްރޭސީ ސިންގް އަދި ރޭޗަލް ސެލީ ގެ އިތުރުންވެސް އެހެންނިހެން ތަރިން ފެނިގެންދާ މި ފިލްމު ވެގެން ގޮސްފައިވަނީ ބައިނަލްއަގުވާމީ ގޮތުންވެސް ގިނަ ބަޔަކަށް ކަމުދިޔަ ފިލްމަކަށްށެެވެ  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;