ads
"ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް 2026"ގައި ދިރާގަށް ލިބުނު "ޓެލްކޯ އޮފް ދަ އިޔާ، ސްމޯލް މާކެޓްސް"ގެ އެވޯޑް - ފޮޓޯ/ދިރާގު
އެންމެ ރަނގަޅު އޭޝިއާގެ މުއާސަލާތީ ކުންފުނީގެ އެވޯޑެއް ދިރާގަށް
'ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް 2026' ގައި، "ޓެލްކޯ އޮފް ދަ އިޔާ – ސްމޯލް މާކެޓްސް" ގެ އެވޯޑު ދިރާގުން ކާމިޔާބުކޮށްފިއެވެ.
Advertisement

ޓްވިމްބިޓް ޓެލެކޮމް އެވޯޑްސްއަކީ އޭޝިއާ ސަރަހައްދުގެ މުއާސަލާތީ އަދި ޓެކްނޮލޮޖީގެ ދާއިރާގެ ކުންފުނިތަކަށް އީޖާދީ އާ ކަންކަމާއި މާލީ ކުރިއެރުމާއި ކަސްޓަމަރުންގެ ތަޖުރިބާ ފުރިހަމަކުރުމުގެ އިތުރުން ޑިޖިޓަލް ކުރިއެރުންތަކުގައި ހޯދަމުންދާ ކާމިޔާބީތަކުގެ އަގުވަޒަންކުރުމަށް ދޭ އެވޯޑެކެވެ.

މި ކާމިޔާބީއާ ގުޅޭ ގޮތުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ، މި އެވޯޑްއިން ރަމްޒު ކޮށްދެނީ ދިރާގުން ރާއްޖޭގެ މުވާސަލާތީ ހިދުމަތް ފޯރުކޮށް ދިނުމުގައި ސާބިތުކަމާއިއެކު ހޯދަމުން ގެންދާ ކުރިއެރުންތަކާއި ކަސްޓަމަރުން ކުރާ އިތުބާރު ކަމަށެވެ. އަދި ދިރާގު ޓީމުގެ މިންނަތް މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަކިން ހާއްސަކޮށް ވޭތުވެދިޔަ އަހަރު ދިރާގުން ރާއްޖޭގެ މުވާސަލާތީ ތާރީޚުގައި މުހިންމު ލަނޑުދަނޑިއެއް ހާސިލްކޮށް، މީހުން އުޅޭ ހުރިހާ ރަށެއްގައި ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދީ ނިންމުމާއެކު މިއަދު މިވަނީ ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް މޯބައިލް އަދި ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ފައިބާ މެދުވެރިކޮށް ހުރިހާ ޑިޖިޓަލް ޚިދުމަތްތަށް ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށް ދެވިފައި،" އޭނާ ވިދާޅުވި އެވެ.

މިއީ ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުނީގެ ގޮތުގައި ދިރާގުން ދަމަހައްޓަމުން އަންނަ މަގާމު އިތުރަށް ކަށަވަރުވެ، އެ ކުންފުނީގެ ހިދުމަތުގެ ފެންވަރު ބައިނަލްއަގުވާމީ މައިދާނުގައި ހާމަވެގެންދިޔަ ކާމިޔާބީއެކެވެ.

މި އެވޯޑަކީ ޑިޖިޓަލް އީޖާދުތަކާއި ނެޓްވޯކްގެ ފެންވަރު ރަނގަޅުކުރުމާއި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ތަޖުރިބާ ހަރުދަނާކުރުމުގެ އިތުރުން، ރާއްޖޭގެ ޑިޖިޓަލް ކުރިމަގު ބައްޓަންކުރުމަށް ދިރާގުން ކުރަމުން އަންނަ މަސައްކަތްތަކަށް ލިބުނު މުހިންމު ކާމިޔާބީއެކެވެ.

އޭޝިއާގެ ކުރިއަރަމުން އަންނަ އަދި ކުދި މާކެޓްތަކަށް ހިދުމަތް ދޭ މުއާސަލާތީ ގިނަ ކުންފުނިތަކާ ވާދަކޮށް ދިރާގަށް މި އެވޯޑު ހާސިލުކުރުމަކީ، ދިރާގުން މި ސިނާއަތުގައި ކުރަމުންދާ މުހިންމު މަސައްކަތްތައް ހާމަކޮށްދޭ ކަމެކެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;