އިއްްޔެ ހެނދުނު އެކްސިޑެންޓްވީ ދެ މީހުންނާއިއެކު ދަތުރުކުރަމުންދިޔަ "ޓުއާ ގާރޑް" ނަމަކަށް ކިޔާ ލޯންޗެކެވެ. މި ހާދިސާގައި ލޯންޗުގައި ތިބި ދެ ފަޅުވެރިންނަށް ބޮޑެތި ހާނިކަތަކެއް ލިބިގެން އައިޖީއެމް ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ، އެއީ ލޯންޗްގެ ކެޕްޓަން އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކާއި ފަޅުވެރިއެއް ކަމަށްވާ ބަނގްލަދޭޝް ފިރިހެނަކަށެވެ.
މި އެކްސިޑެންޓް ވެފައިވަނީ ލޯންޗުގައި ސަޕްލައި ދޯންޏެއްގައި ޖެހިގެންކަމަށާއި އެ ދޯނި މަޑުނުކޮށް ފިލި މައްސަލަ ބަލަމުން އަންނަކަމަށް އިއްޔެ ވަނީ ފުލުހުން ބުނެއެވެ.
ފުލުހުން މިއަދު ބުނީ އެކްސިޑެންޓްވުމުން ފިލި ސަޕްލައި ދޯނި ހޯދާ ދޯނީގެ ކެޕްޓަންގެ ލައިސަންސް ހިފަހައްޓާފައިވާކަމަށެވެ. އަދި އެ މައްސަލާގައި ޖިނާއީ އަދި މަދަނީ ތަހުގީގެއް ހިންގަމުން އަންނަކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެއީ ރިސޯޓް ސަޕްލައި ދޯންޏެއްކަމަށާއި އެކްސިޑެންޓަށްފަހު މަޑުނުކޮށް ދޯނި ދިޔަ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނަކަމަށެވެ.
މި އެކްސިޑެންޓްގައި ލޯންޗުގެ ކުރީކޮޅު އެއްކޮށް ވަނީ ފުނޑު ފުނޑުވެ ހަލާކުވެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;