ads
"މާލެ ޓެކްސީ" ގެ ޓެކްސީއެއް މާލޭގެ މަގުމަތީގައި ދުއްވަނީ
ޓެކްސީ ލައިނުގެ ހިދުމަތް ދިނުމަށް "މާލެ ޓެކްސީ" އެޕް ލޯންޗުކޮށްފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށް ހާއްސަކޮށް ތައްޔާރުކުރި "މާލޭ ޓެކްސީ" އެޕް ލޯންޗުކޮށްފިއެވެ.
Advertisement

އެމްޓީސީސީން "މާލެ ޓެކްސީ"ގެ ނަމުގައި ޓެކްސީ ދަތުރުތައް ކުރަން ފެށީ މިދިޔަ މަހުގެ ދެވަނަ ދުވަހުއެވެ. ފުރަތަމަ ހިލޭ ދަތުރުތައް ބޭއްވުމަށްފަހު ޓެކްސީ ދަތުރުތަކަށް އަގު ނަގަން ފެށީ މިދިޔަ މަހުގެ 18 ވަނަދުވަހުން ފެށިގެންނެވެ. 

އެމްޓީސީސީގެ ޓެކްސީ ލައިންގެ ހިދުމަތް 24 ގަޑިއިރު ދެމުން އަންނައިރު 150 ކާރު އަންނަނީ ބޭނުންކުރަމުންނެވެ.

އެމްޓީސީސީން މިއަދު ބުނީ "މާލޭ ޓެކްސީ" އެޕް އެޕަލްގެ އެޕް ސްޓޯރުން މިހާރު ޑައުންލޯޑު ކުރެވޭނެ ކަމަށެވެ. އަދި އެންޑްރޮއިޑް ފޯނު ބޭނުންކުރާ މީހުންނަށް ގޫގްލް ޕްލޭ މެދުވެރިކޮށް ވަރަށް އަވަހަށް ޑައުންލޯޑު ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ. ގޫގްލް ޕްލޭ އިން ޑައުންލޯޑްކުރެވެންދެންް މި މުއްދަތުގައި އެންޑްރޮއިޑް ފޯނު ބޭނުންކުރާ މީހުންނަށް ޓެކްސީ ބުކް ކުރެވޭނީ އެމްޓީއެލް ވެބްއެޕް އާއި ހޮޓްލައިން ނަންބަރު 1655 މެދުވެރިކޮށްކަމަށްވެސް އެމްޓީސީސީން ބުނެއެވެ. 

"މާލޭ ޓެކްސީ" އެޕްގައި ޓެކްސީއަށް ފައިސާ ދެއްކޭނެ ތިން ގޮތެއް ވަނީ ހިމަނާފައެވެ. 

ޓެކްސީއަށް ފައިސާ ދެއްްކޭނެ ގޮތްތައް 

  • އެޕްލިކޭޝަންގައި ހިމެނޭ 'އިން - އެޕް ވޮލެޓު' - ބޭންކް އެކައުންޓަކުން މި ވޮލެޓަށް ފައިސާ ޖަމާކުރުމަށްފަހު ޓެކްސީ ހިދުމަތް ހޯދަން ބޭނުން ކުރެވޭނެ
  • ކާޑު - ކާޑުން ފައިސާ ދައްކާ ނަމަ، ދަތުރު ފެށުމުގެ ކުރިން ފައިސާ ދައްކަންޖެހޭ
  • ސްކޭން ޓު ޕޭ - ދަތުރު ނިންމާލުމަށްފަހު ފައިސާ ދެއްކުމުގެ އިހުތިޔާރު ލިބެނީ މި އޮޕްޝަނުން

މީގެއިތުރުން ދުރާލައި، ގިނަވެގެން 3 ގަޑިއިރު ކުރިން ޓެކްސީއެއް ބުކްކުރެވޭނެ ގޮތްވެސް އެޕްގައިވަނީ ހިމަނާފައެވެ. އަދި ދަތުރުމަތީގައި އެއްވެސް ނުރައްކަލެއް އިހުސާސްވާ ނަމަ އެކަން އަންގަން ބޭނުންކުރެވޭ އެސްއޯއެސް އެމަޖެންސީ ފީޗާއެއްވެސް ވަނީ ޓެކްސީ އެޕްގައި ހިމަނާފައެވެ. 

ޓެކްސީ އެޕް މިއަދު ލޯންޗުކޮށްފައި މިވަނީ އެ އެފްް ހެދުމުގައި 13 މިލިއަން ރުފިޔާގެ ކޮރަޕްޝަން ހިންގާފައިވާކަމުގެ ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެ އެ މައްސަލަ ބަލަން ރައްްޔިތުން މަޖިލިހަށް ހުށައަޅާފައިވަނިކޮށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;