ads
ދިވެހި ހައްޖުވެރިން މުޒްދަލިފާގައި
އަންނަ ހުކުރުދުވަހު ހައްޖުވެރިން އަންނަން ފަށާނެ
މިއަހަރު ރާއްޖެއިން ހައްޖަށްދިޔަ ހައްޖުވެރިން އަންނަ ހުކުރުދުވަހު ރާއްޖެ އަންނަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
Advertisement

މިއަހަރުވެސް ރާއްޖެއިން 1000 މީހުން ހައްޖަށް ދިޔައިރު ހުރިހާ ހައްޖުވެރިން ފުރާފައިވަނީ ހަތަރު ގްރޫޕަކަށެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖުވެރިން ރާއްޖެ އަންނާނީވެސް ރާއްޖެއިން ދިޔަ ތަރުތީބުން ހަތަރު ގުރޫޕަކަށް ބަހާލައިގެންކަމަށެވެ. 

އެގޮތުން ފުރަތަމަ ގްރޫޕުގެ ހައްޖުވެރިން އަންނަ ހުކުރުދުވަހު މެންދުރު 14:00 ގައި ރާއްޖެ އަންނާނެކަމަށް އިސްްލާމިކް މިނިސްޓްރީން ބުނެއެވެ. 

ދިވެހި ހައްޖުވެރިން އައުމަށް ހަމަޖެހިފައިވާ ދުވަސްތައް

  • ފުރަތަމަ ގްރޫޕް - ޖޫން 5 ގައި / ދަތުރުކުރާނީ ސައުދީ އެއާގައި
  • ދެވަނަ ގްރޫޕް-  ޖޫން 7 ގައި / ދަތުރުކުރާނީ މޯލްޑިވިއަންގައި 
  • ތިންވަނަ ގްރޫޕް - ޖޫން 8 ގައި / ދަތުރުކުރާނީ ސައުދީ އެއާގައި
  • ހަތަރުވަނަ ގްރޫޕް - ޖޫން 9 ގައި / ދަތުރުކުރާނީ މޯލްޑިވިއަންގައި 

މިއަހަރުވެސް ދިވެހި ހައްޖުވެރިން މައްކާގައި ހޭދަކުރުމަށް ހަމަޖެހިފައިވަނީ 21 ދުވަހެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;