ads
އާސަންދަ
ރާއްޖެއިން ލިބޭ ފަރުވާއަށްވެސް ބޭރަށްދާން އާސަންދަ ދޭން ނިންމައިފި
ރާއްޖެއިން ލިބެންހުރި ފަރުވާ ލިބުމުގައި ހުރި ދަތިތަކާއި ވަށައިގެންވާ އެހެނިހެން ކަންތަައްްތަކަށް ރިއާޔަތްކޮށް ރާއްޖެެއިން ލިބެންހުރި ފަރުވާއެއްް ހޯދުމަށްވެސް ރާއްޖެއިން ބޭރަށް ދާން އާސަންދަ ދޭން ނިންމާ އިއުލާންްކޮށްފިއެވެ.
Advertisement

މިހާތަނަށް އާސަންދައިގެ އެހީގެ ދަށުން ރާއްޖެއިން ބޭރަށް ދެވޭނީ ހަމައެކަނި ރާއްޖެއިން ލިބެން ނެތް ފަރުވާތައް ހޯދުމަށެވެ. 

'ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު' އަށް ބަދަލު ގެނެސް އަލުން އާއްމުކުރި އިރު ރާއްޖެއިން ބޭރަށް އާސަންދަ އެހީ ދޭ ގޮތްތަކަށް ވަނީ ބަދަލު ގެނެސްފައެވެ. 

ގަވައިދުގައި ކުރިން އޮތް ގޮތުން ރާއްޖެއިން ބޭރަށް ދެވޭނެ ހާލަތްތައް 

  • ސްކީމުން ހުއްދަކުރާ ރާއްޖެއިން ލިބެން ނެތް ހިދުމަތަކަށް ރިފާކުރުން
  • ސްކީމުގައި ރަޖިސްޓްރީކުރެވިފައިވާ ހިދުމަތްދޭ މަރުކަޒެެއްގައި ދެވޭ ހިދުމަތްތަކުގެ ތެރެއިން ސްކީމުގެ ދަށުން ރަޖިސްޓްރީ (އެމްޕެނަލް) ކުރެވިފައިނުވާ ހިދުމަތެއް ހޯދުމަށް. 

ގަވައިދަށް އިތުރުކުރި މާއްދާ 

  • ބަލީގެ ބާވަތާއި ބަލިމީހާގެ ހާލަތާއި ރާއްޖޭގައި ލިބެންހުރި ފަރުވާ ލިބުމުގައި ހުރި ދަތިތަކާއި، ވަށައިގެންވާ އެހެނިހެން ކަންތައްތަކަށް ރިއާޔަތްކޮށް ރާއްޖެއިން ލިބެންހުރި ފަރުވާއެއް ހޯދުމަށް

މީގެއިތުރުން ރަށްތަކުން މާލެ އައިސް ބޭރަށް ފަރުވާއަށް ގޮސް އަންނަ މީހާ އެންބުރި ރަށަށް ދަންދަން އާސަންދަ އެހީ ދިނުމަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން ގަވައިދުގައި ވަނީ ދެވޭނެ އިތުރު ފަރުވާއެއް ނެތްކަމަށް ކަމާއި ބެހޭ ހާއްސަ ޑޮކްޓަރުން ލަފާ ދިނުމަށްްފަހު އެނބުރި ރާއްޖެ އަންނަންް ނުވަތަ ފަރުވާ ނިންމުމުަށްފަހު އެނބުރި ރަށަށް ދަންދަންވެސް އާސަންދަ އެހީ ލިބޭނެކަމަށްް 'ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު' އަށް ގެނައި އިސްލާހުގައިވެއެވެ. 

އާސަންދަ ގަވާއިދަށް ބަދަލުތަކެއް ގެނެސްފައި މި ވަނީ އެންސްޕާއިން ދެމުން ގެންދިޔަ ބައެއް ހިދުމަތްތައް އާސަންދައަށް ބަދަލުކޮށްފައިވަނިކޮށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;