ރާއްޖެއަށް ކުރާ ދަތުރުތަކުގެ އިތުރުން އެއާ އިންޑިއާއިން ވަނީ، ނިއުދިއްލީއާއި ޗައިނާގެ ޝަންހާއީއާ ދެމެދު ކުރާ ދަތުރުތަކާއި، ބަންގްލަދޭޝްގެ ދާކާއަށް ކުރާ ދަތުރުތަކާއި، އިންޑިއާގެ ޗެންނާއީން ސިންގަޕޫރަށް ކުރާ ދަތުރުތަކާއި، އެމެރިކާގެ ބައެއް މަންޒިލުތަކަށް ކުރާ ދަތުރުތައް ވެސް އޮގަސްޓް މަހުގެ ނިޔަލަށް މެދުކަނޑާލައިފަ އެވެ.
މިއީ މިހާރުގެ ދުނިޔޭގެ މާލީ ހާލަތަށް ބަލައި، އެއާ އިންޑިއާގެ ބައިނަލްއަގްވާމީ އޮޕަރޭޝަންތަކަށް ގެނައި ބަދަލުތަކުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ އެކު ފެށުނު މި ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ. އަދި ހަކަތަ އިމްޕޯޓްކުރާ އޭޝިއާގެ ގައުމުތަކަށް ތެޔޮ ލިބުމުގެ ދަތިކަން ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް އޭވިއޭޝަން މާކެޓް ކަމަށްވާ އިންޑިއާއަށް، ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލުމާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން އުދުހުންތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.
ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި، ތެލުގެ އަގު ބޮޑުވުމާއި ބުކިންތައް މަދުވުމުގެ ސަބަބުން ދުނިޔޭގެ ހުރިހާ އެއާލައިންތަކަކަށް ވެސް މިހާރު ވަނީ މާލީ ބޮޑު ފިއްތުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން، ދަތުރުތައް މަދުކުރުމުގެ މައިގަނޑު މަގްސަދަކީ އެއާލައިން ލަކުގެ ހިންގުމުގެ ހަރަދުތައް ކުޑަކޮށް، މިހާރު މާކެޓް އޮތް ހާލަތަށް ބަލައި ކުންފުނީގެ ފައިދާ އެއްވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރުމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;