ދިވެހިގެ މަދުގައި އަދު މުޅި ދުނިޔޭގައިވެސް މަގުބޫލް ސައިޓެއްކަމަށްވާ ބުކިން ޑޮޓްކޮމްގެ ނަމުގައި ނަމުގައި އޮޅުވާލައިގެން ފައިސާ އަތުލަން އާ ސްކޭމް މެސެޖުތަކެއް ފޮނުވަމުން ދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އެދިއްޖެއެވެ.

Advertisement
ފުލުހުން ބުނީ މިއީ ރިފަންޑެއް ދޭންވެގެން ކަމަށް ބުނެ ކާޑުގެ މައުލޫމާތުތައް ވަގަށް ނެގުމަށް ސްކޭމަރުން ފޮނުވާ ފިޝިންގް ލިންކެއްކަމަށެވެ.
ސްކޭމް ލިންކް ދެނެގަންނާނީ ކިހިނެއް؟
ފޭކް ލިންކް: ރަސްމީ
booking.com ގެ ބަދަލުގައި މެސެޖުގައި އެވަނީ އޮޅުވާލުމެއް އެކުލެވޭ ކުރު ލިންކެކެވެ.
އަވަސް ކުރުވުން: "24 ގަޑިއިރު ތެރޭގައި" ފުރިހަމަ ކުރަންޖެހޭނެކަމަށްބުނެ ވިސްނާލަން ވަގުތު ނުދީ ބިރުވެރިކަން އުފައްދައެވެ.
ކާޑުގެ ސިއްރު މައުލޫމާތު ހޯދުން: އެއްވެސް ކުންފުންޏަކުން ރިފަންޑް ދޭން ކާޑުގެ ނަންބަރާއި، އެކްސްޕަޔަރީ ޑޭޓް ނުވަތަ CVV ހޯދާކަށް ލިންކެއް ނުފޮނުވާނެއެވެ.
ފުލުހުން ވަނީ މި ސްކޭމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް ބުނެދީފައެވެ. އެގޮތުން ލިންކަށް ނުފިތުމަށާއި އޯ.ޓީ.ޕީ އަދި ކާޑުގެ މައުލޫމާތު އެއްވެސް ފަރާތަކަށް ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެއިތުރުން އަމިއްލައަށް ރަސްމީ އެޕްލިކޭޝަން ނުވަތަ ވެބްސައިޓަށް ވަދެ ޗެކްކުރުމަށްވެސް ފުލުހުން