ads
އަބްދު ﷲ ސޯދިގު (ސޯބެ) އާއި އަހުމަދު ސައީދު (ސޮޑާ)
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން، ވޯޓާސްލިސްޓުގައި މާދަމާ ސޮއިކުރަނީ
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓުގައި ކެންޑިޑޭޓުން މާދަމާ ސޮއިކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
Advertisement

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އިންތިހާބުގައި ވާދަކުރާއިރު އެމްޑީޕީގެ ފަރާތުން ވާދަކުރާނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދު ﷲ ސޯދިގު (ސޯބެ) އެވެ.  

އިލެކްޝަންސްް ކޮމިޝަނުން ބުނީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓާސްް ލިސްޓުގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުސަތު މާދަމާ ހެނދުނު 10:00 އިން މެންދުރުފަހު 1:30 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. ކެންޑިޑޭޓުން ސޮއިކުރުމަށް ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިހާބާބެހޭ މަރުކަޒުގައިކަމަށް އީސީންް ބުނެއެވެ. 

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޖުމުލަ 4،121 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވެއެވެ. އަދި އެ އިންްތިހާބަށް 4،154 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާކަމަށް އީސީން ވަނީ ބުނެފައެވެ. 

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ވޯޓްލާން ބަހައްޓާނީ 7 ވޯޓް ފޮށި ބަހައްޓަން އީސީން ވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;