ads
ދަމަނަވެށި - ފޮޓޯ: އަވަސް
ޖީޕީ ކްލިނިކް ތަރައްގީކުރަން މާދަމާ ދަމަނަވެށި ބަންދުކުރަނީ
މާލޭގައި ދެވަނަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު ތަރައްގީ ކުރުމަށް މާދަމާ ވަގުތީ ގޮތުން ދަމަނަވެށި ބަންދުކުރަން ނިންމައިފި އެވެ. ދަމަނަވެއްޓަކީ ކުޑަކުދިންގެ ވެކްސިނާއި ހައްޖާއި އުމްރާއަށް ދާ މީހުންގެ ވެކްސިން ކަންކަން ބަލަހައްޓާ މަރުކަޒެވެ.
Advertisement

ބަންދު ކުރިނަމަވެސް އެތަނުން ދެމުން އައި ހިދުމަތްތައް އެހެން ދެ ސަރަހައްދަކުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

އެހެންވެ، ދަމަނަވެށިން މިހާރު ދޭ ހިދުމަތްތައް މާދަމާ އިން ފެށިގެން ބަދަލުވާނީ މާފަންނުގައި ހިންގާ އާބަން ޕްރައިމަރީ ހެލްތު ސެންޓަރު އަދި ހުޅުމާލެ 2 ގެ ޖީޕީ ކްލިނިކަށް ކަމަށް ބުންޏެވެ.

އެ ބަދަލާއެކު، ދަމަނަވެށީގައި މަސައްކަތްކުރަމުން ދިޔަ މުވައްޒަފުން ވެސް ވަނީ އެ ދެ ތަނަށް ބަހާލައިފަ އެވެ.

މާލެ ސަރަހައްދުގައި ދެވަނަ އަރބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު ގާއިމް ކުރުމުގެ ކުރިއަށްދާއިރު، މި ސެންޓަރުތަކުން ދަމަނަވެށިން ހިދުމަތްދޭ މިންވަރަށްވުރެ ފުޅާކޮށް ހިދުމަތް ދިނުމަށް ވަނީ އަމާޒު ހިފާފަ އެވެ. 

އެގޮތުން އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި އިތުރުފަރުވާ ބޭނުންވާ ހާލަތްތަކުގައި ހާއްސަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި ފަސޭހައިން ދެއްކޭ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމް މި ސެންޓަރުތަކުން ހަމަޖައްސައިދޭނެ އެވެ. މީގެ އިތުރުން އާންމު ސިއްހަތު ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި ހިންގަވާ ޕްރޮގްރާމްތައްވެސް މި މަރުކަޒުގައި ކުރިއަށްގެންދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;