މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން އަހުމަދު ނާޒިމް އިސްތިއުފާދެއްވިކަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއުލާންކުރެއްވުމަށްފަހު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިތުރު ޖަލްސާއެއް މިއަދު މެންދުރު 13:00ގައި ބާއްވާނެކަން އިއުލާން ކުރައްވާފަ އެވެ.
ނަމަވެސް މަޖިލީހުގެ އިދާރާއިން މީގެ ކުޑައިރުކޮޅެއް ކުރިންވަނީ ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާކަން ހާމަކުރައްވާފަ އެވެ.
ނާޒިމް އިސްތިއުފާ ދެއްވީ އޭނާ އެ މަގާމުން ވަކިކުރުމުގެ މައްސަލަ މިއަދު ހެނދުނު 9:00އަށް ތާވަލްކޮށްފައިވާ ޖަލްސާ ފެށުމުގެ ކުޑަވަގުތުކޮޅެއް ކުރިންނެވެ.
ވެރިކަން ކުރާ ޕީއެންސީން ނާޒިމް ވަކިކުރަން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ އޭނާ މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، މަޖިލީހުގެ މަސްލަހަތު ނަގާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;