ads
ކޯސްޓް ގާޑު ލޯންޗެއް-- ފޮޓޯ: އެމްއެންޑީއެފް
ލޯންޗެއް ފަޅައިގެން ގޮސް، ދަތުރުކުރި މީހުން ސަލާމަތްކޮށްފި
ބޮޑު އީދު ފާހަގަކުރުމަށް އިއްޔެ ރޭ އއ. ރަސްދޫގައި ބޭއްވި ޝޯއެއް ބަލަން ދިޔަ ބަޔަކު އެނބުރި ދަނިކޮށް ކަނޑުވެގެން ސަލާމަތްކޮށްފި އެވެ.
Advertisement

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކޮންސްޓެންސް ހަލަވެލި ރިސޯޓު ކައިރިއަށް، "ވައިޓް ސޭންޑު ޝާކް" ނަމަކަށް ކިޔާ ލޯންޗެއް ފަރަށް އަރައި އޭގައި ތިބި މީހުން ސަލާމަތް ކުރަން އެދި އެ އިދާރާއަށް ރިޕޯޓުކުރި ކަމަށެވެ.

ނަމަވެސް، އޭގެ ކުރިން އެ ރިސޯޓުގެ ލޯންޗެއް ގޮސް އޭގައި ތިބި 20 މީހުން ވަނީ ސަލާމަތްކޮށްފަ އެވެ.

އެ ހާދިސާ ހިނގި ވަގުތު ބައެއް މީހުން މޫދަށް ފުންމާލި ނަމަވެސް، ފުލުހުން ބުނީ އެއްވެސް މީހަކަށް ގެއްލުމެއް ވެފައިނުވާ ކަމަށެވެ.

މި ހާދިސާއަށް ފުލުހުންގެ އިތުރުން އެމްއެންޑީއެފްއިންވެސް އެޓެންޑުވެފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

އެނގިފައިވާ ގޮތުގައި، އެ މީހުން ކަނޑުވީ، ދަންވަރު ދަތުރުކުރި އެ ލޯންޗު އަޑިން ފަޅައިގެން ގޮސް ދިޔަވެ، ލޯންޗު ބަންޑުން ޖަހާލުމުންނެވެ. އެއީ އެ އަތޮޅުގެ ރިސޯޓެއްގެ ސްޓާފުންތަކެއް އީދު ޝޯ ބަލަން ކުރި ދަތުރެކެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;