ރިޕޯޓްތައް ބުނާ ގޮތުން އަފްލަހުގެ މައްޗަށް ހަ ދައުވާއެއްކޮށް، މިދިޔަ އަންގާރަ ދުވަހު ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ދައުވާތަކަކީ، މަހުރަމަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ތިން ދައުވާ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެ ކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާ، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އަދި އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލަތަކާ ގުޅިގެން އަފްލަހު ހުރީ ބަންދު ކޮށްފަ އެވެ. އެ މައްސަލައާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހު އަފްލަހު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރި އެވެ. އޭނާގެ ބަންދަށް އެންމެ ފަހުން އިތުރުކުރި 30 ދުވަހުގެ މުއްދަތު އަންނަ މަހުގެ 11 ގައި ހަމަވާނެ އެވެ.
އޭނާ ހައްޔަރުކުރީ ވެސް އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރަން ފެށުމާ އެކު ރާއްޖެއިން ބޭރުގައި "ފިލައިގެން" ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށް ފަހު، އިންޑިއާގެ މުމްބާއީގެ ފްލައިޓަކުން އެނބުރި ރާއްޖެ އައުމާ އެކުގަ އެވެ.
އަފްލަހު ހައްޔަރުކުރުމަށްފަހު ފުލުހުންގެ ވެބްސައިޓުގައި ބުނީ 14 އަހަރުން ފެށިގެން 16 އަހަރު ވަންދެން އެ އަންހެން ކުއްޖާއަށް އޭނާ ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;